ކުޅިވަރު

އެއްވެސް މެޗަކުން ބަލިނުވެ، މިސްކިތްމަގު ޗެމްޕިއަންކަން ހޯދައިފި


ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ދެކުނު ބައިގެ ޗެމްޕިަންކަން މިސްކިތްމަގު އެންމެންގެ ގުޅުން ހޯދައިފިއެވެ. 

މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ފުވައްމުލަކު ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމެންޓް އެސޯސިއޭޝަން (ފިސްޑާ)އާއި، ވާދަކޮށް މިސްކިތްމަގު އެންމެންގެ ގުޅުން މެޗް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް މިސްކިތްމަގު އެންމެންގެ ގުޅުން ގެންދިޔައީ 25-14، 25-13، އަދި 25-15 ނެވެ.

މިިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ އާމިނަތު އަޒީމާއެވެ. 

މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ އައިޝަތު މާޖިދާއެވެ. މުބާރާތުގެ ޑްރީމް ޓީމްގައިވެސް މާޖިދާ ހިމެނެއެވެ. ޑްރީމް ޓީމްގައި ހިމެނޭ ކުޅުނުތެރިންނަކީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ ޚަދީޖާ މުޙައްމަދު، މަރިޔަމް ސައީދާ، ފިސްޑާގެ ފާތިމަތު ޝަހުލާ، މަރިޔަމް ސަމާ އަދި ވެށިނަލަ ޖަމިއްޔާގެ މަރިޔަމް ހަސަނެވެ. 

މުބާރާުގެ އެންމެ މޮޅު ކޯޗަކީ ފިސްޑާގެ ކޯޗް މުޙައްމަދު އަބްދުއްރަޙްމާނެވެ. މުބާރާތުގެ އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ފިސްޑާގެ ފާތިމަތު މާޔާއެވެ. އަދި މުބާރާތުގެ ނަވާރަ އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ފިސްޑާގެ ފާތިމަތު ޖުމާ ޝަޖުމީއެވެ. 

މުބާރާތުގެ ފެއަރ ޕްލޭ ޓީމަކީ މުބާރާތުގެ ތިންވަނަ ހޯދި ވެށިނަލަ ޖަމިއްޔާއެވެ. ވީއޭއެމް ޕްރެޒިޑެންޓްސް ކަޕްގެ ދެކުނު ބައިގައި  5 ޓީމް ވާދަކުރިއެވެ.