ޚަބަރު

އެމްކިއުއޭގެ ސީއީއޯއަކަށް ފިޒާނާ ރަޝީދު ޢައްޔަންކުރައްވައިފި


  • ފިޒާނާ ވަނީ އެމްކިއުއޭގެ ޑައިރެކްޓަރ ޖެނެރަލްގެ މަޤާމް އަދާކުރައްވާފައި

  • ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީން އަދި ލެކްޗަރއެއް ގޮތުގައި މަސައްކަތްކުރައްވާފައިވޭ

  • މީގެ ކުރިން އެމްކިއުއޭގެ ސީއީއޯއަކަށް ހުންނެވީ ޑރ. އަބްދުލް ހައްނާން ވަހީދު

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ، އެމްކިއުއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މަރްޔަމް ފިޒާނާ ރަޝީދު ޢައްޔަންކުރައްވައިފިއެވެ.

އެމްކިއުއޭގެ ސީއީއޯއަކަށް ފިޒާނާ ޢައްޔަނުކުރެއްވުމާގުޅިިގެން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ ފިޒާނާއާ ބައްދަލުކުރައްވާ، މަރުޚަބާ ދަންނަވާފައެވެ. އަދި އެތަނުގެ އިސް މެނޭޖްމަންޓާއެކު، އެމްކިއުއޭގެ މަސައްކަތްތަކާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ފިޒާނާ ވަނީ މެލޭޝިޔާގެ އޯޕެން ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައެވެ. ފިޒާނާ މީގެކުރިން ވަނީ އެމްކިއުއޭގެ ޑައިރެކްޓަރ ޖެނެރަލްގެ މަޤާމްވެސް ފުރުއްވާފައެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑީން އަދި ލެކްޗަރަރގެ މަޤާމްވެސް އަދާކުރައްވާފައެވެ.

މީގެ ކުރިން އެމްކިއުއޭގެ ސީއީއޯއަކަށް ހުންނެވީ ޑރ. އަބްދުލް ހައްނާން ވަހީދެވެ.