ޒިކުރާ މިސްކިތަށް ބިސްތައް އެޅިކަމަށް ތުހުމަތުކުރެވޭ މީހާ ދެނެގަނެވިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ޒިކުރާ މިސްކިތްތެރެއަށް ބިސްތަކެއް އަޅާފައިވާ މައްސަލައެއް ރޭ ދަންވަރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މިސްކިތްތެރެއަށް ބިސްތައް އަޅާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައިވެސްވަނީ ދައުރުވެފައެވެ.
ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިމައްސަލައިގައި ތުހުމަތުކުރެވޭ މީހާ މިހާރު ދެނެގަނެވިފައިވާ ކަމަށާއި، މިމައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.