ޚަބަރު

ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ ރިޓަޔަރ ކުރައްވައިފި


  • 31 އަހަރު ދިވެހި އަސްކަރިއްޔާއަށް ޚިދުމަތް ކުރެއްވި

  • ދިވެހި އަސްކަރިއްޔާގެ އެންލިސްޓެޑް ސިފައިންގެ އެންމެ އިސް މަޤާމު އަދާކުރެއްވި

ދިވެހި އަސްކަރިއްޔާއަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.

ކޮމާންޑް ސާޖަންޓް މޭޖަރ އަޙުމަދު ޢަބްދުﷲ ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 31 ޑިސެމްބަރު 2023 ގައެވެ. އޭނާ ރިޓަޔަރ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް ލުޓެނެންޓް ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފެވެ. މި ރަސްމިއްޔާތުގައި އެމް.އެން.ޑީ.އެފްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ކޮމާންޑް ސާޖަންޓް މޭޖަރ އަޙުމަދު ޢަބްދުﷲ އަކީ ދިވެހި އަސްކަރިއްޔާގެ އެންލިސްޓެޑް ސިފައިންގެ އެންމެ އިސް މަޤާމު ކަމުގައިވާ "ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް" ގެ މަޤާމ އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 31 އަހަރު ޚިދުމަތް ކުރެއްވުމަށްފަހުއެވެ.

ކޮމާންޑް ސާޖަންޓް މޭޖަރ އަޙުމަދު އަބްދުﷲ ރިޓަޔަރ ކުރެއްވިއިރު ހުންނެވީ އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން ސެންޓަރުގައި ދިވެހި އަސްކަރިއްޔާ ތަމްސީލުކުރައްވާ މެންބަރެއްގެ ގޮތުގައެވެ.