މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑް - ޑިސްކޯ ނައިޓް


މޯލްޑިވިއަން އައިޑަލްގެ ގަދަ 6 ބައިވެރިންގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ފުރުޞަތު ހުޅުވާލާފައި ވަނީ ޝޯވ ދެއްކި ވަގުތުން ފެށިގެން ހޮނިހިރުދުވަހުގެ ހަވީރު 4 ޖެހުމާއި ހަމައަށެވެ. އެގޮތުން ބެލުންތެރިންނަށް އެންމެ ކަމުދާ ހުށައެޅުމެއް ހުށައަޅައިދިން ބައިވެރިއަކަށް އެސް.އެމް.އެސް ކުރެވުމަށް MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް، އެ ބައިވެރިއެއްގެ ނަން ޖެހުމަށްފަހު 303 އަށް އެސްއެމްއެސްއެއް ކުރުމުން ވޯޓް ދެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖްކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ.

މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ 7 ވަނަ ޝޯވ ދައްކާފައިވާއިރު، ޝޯވގައި ގާލާ ރައުންޑުގެ ގަދަ 6 ގައި މިހާރު ވާދަކުރާ ބައިވެރިންގެ ވަކިވަކި ހުށައެޅުންތައް ވަނީ ފެނިގެންގޮސްފައެވެ. ގާލާ ރައުންޑުގެ މިރޭގެ ޝޯވ ޚާއްސަކޮށްފައިވަނީ "ޑިސްކޯ ނައިޓް" މި ތީމަށެވެ. މިރޭގެ ޝޯވގައި ލަވަ ހުށައަޅައިދިން ބައިވެރިންގެ ތެރެއިން މުބާރާތާ ވަކިވާ ބައިވެރިޔާ އިޢުލާން ކުރާނީ ހޮނިހިރުދުވަހުގެރޭ ބާއްވާ ޝޯވގައެވެ.

މި ޝޯވއަށް ބެލުންތެރިން ފޮނުވާ ވޯޓަކީ ޞައްޙަ ވޯޓެއްކަން ޔަޤީންކުރުމަށާއި، ވޯޓު ގުނުން ކުރިއަށްދަނީ އެންމެ އިންޞާފުވެރިކޮށްތޯ ބެލުމުގެ މަސައްކަތް ކުރަނީ މިނިވަން އޮޑިޓް ފާރމެއްކަމަށްވާ އޭ.އެޗް އެސޯސިއޭޓްސް، އެލް.އެލް.ޕީންނެވެ.

މިހާރު ތާވަލްކުރެވިފައިވާގޮތުން ނަމަ މޯލްޑިވިއަން އައިޑަލްގެ ގަދަ 3 ބައިވެރިންނާއެކު، މި ޝޯވގެ ގްރޭންޑް ފިނާލޭ ދެއްކުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.