ޚަބަރު

ދިޔަވަމުންދިޔަ ލޯންޗަކުން 19 މީހަކު ސަލާމަތްކޮށްފި


  • ލޯންޗު ދަތުރުކުރަމުންދިޔައީ މާލެއިން ތ. ބުރުންޏަށް

  • މި ޙާދިސާ ހިނގާފައިވަނީ މެންދުރުފަހު 3:55 ހާއިރު

  • ދަތުރުކުރި އެންމެން ވަނީ ރައްކާތެރިކަމާއެކު ބުރުންޏަށް ގެންގޮސްފައި

މާލެއިން ތ. ބުރުންޏަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވުމާ ގުޅިގެން އޭގެން ދަތުރުކުރި 19 މީހަކު ސަލާމަތްކޮށްފިއެވެ.

"އެމްއާރް ސްޕީޑް" ނަމަކަށް ކިޔާ މި ލޯންޗު ދިޔަވާން ފަށާފައިވަނީ ބުރުނި ކައިރިންނެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމް.އެން.ޑީ.އެފްއިން ވިދާޅުވީ، މި ޙާދިސާ ރިޕޯޓްކޮށްފައިވަނީ މެންދުރުފަހު 3:55 ހާއިރުކަމަށެވެ. އަދި ޙާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ސެންޓްރަލް ކޯމާންޑުގެ ފަރާތުން ލޯންޗުގައި ދަތުރުކުރަމުންދިޔަ 19 މީހުން ސަލާމަތްކޮށް، ރައްކާތެރިކަމާއެކު ބުރުންޏަށް ގެންގޮސްފައިވާކަމަށެވެ.

ލޯންޗުން ދަތުރުކުރި އެންމެންގެ ޙާލުވެސް ރަނގަޅުކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވިއެވެ.

ދިޔަވަމުންދިޔަ ލޯންޗު ޕަންޕު ޖަހައިގެން ފެން ހިއްކުމަށްފަހު، ބުރުނީ ފަޅުތެރެއަށް ވެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެމް.އެން.ޑީ.އެފްއިން ވިދާޅުވިއެވެ. ލޯންޗު ދިޔަވާން މެދުވެރިވީ މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުންކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.