ޚަބަރު

ކިއުބާގެ ލިބަރޭޝަން ޑޭގެ ތަހުނިޔާ އެޤައުމުގެ ރައީސާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި


  • ޖަނަވަރީމަހުގެ ފުރަތަމަ ދުވަހަކީ ކިއުބާ ލިބަރޭޝަން ޑޭގެ ގޮތުގައި

  • ލިބަރޭޝަން ޑޭގެ ބޭނުމަކީ ރައީސް ފިޑެލް ކާސްޓްރޯ ގެންނެވި ކާމިޔާބީ ފާހަގަކުރުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކިއުބާގެ ނެޝަނަލް ލިބަރޭޝަން ޑޭގެ ތަހުނިޔާއާ ހެޔޮއެދުންތައް އެޤައުމުގެ ރައީސް މިގޭލް ޑިއާޒް-ކެނެލް ބާމުޑޭޒް އަށާއި ކިއުބާގެ ބޮޑު ވަޒީރު މެނުއެލް މަރޭރޯ ކްރޫޒް ފޮނުއްވައިފިއެވެ.

ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ކިއުބާގެ 1959ވަނަ އަހަރުގެ އިންގިލާބުގެ އަހަރީ ދުވަހުގެ ތަހުނިޔާއާ އިޙްލާޞްތެރި ހެޔޮއެދުންތައް އެޤައުމުގެ ރައީސްއާ ބޮޑުވަޒީރަށާއި އަދި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވިއެވެ.

ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަސް ލިބަރޭޝަން ޑޭ ގެ ގޮތުގައި ކިއުބާގައި ފާހަގަކުރަނީ ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯ އިސްވެ ހުންނަވާ ގެންނެވި އިންގިލާބުގެ ކާމިޔާބީ ފާހަގަކުރުމަށް ފާހަގަކުރުމުގެ ގޮތުންނެވެ.