ޚަބަރު

އަމީނީ މަގު ބަންދުކޮށްފައި އޮތް ސަރަހައްދަށް އާންމުން ނުވަނުމަށް އިލްތިމާސްކޮށްފި


  • މަގު ކޮނުމުގެ މަސައްކަތް ދަނީ ކުރަމުން

  • އެހެންވެ އާންމުން ނުވަނުމަށް ވަނީ އިލްތިމާސްކޮށްފައި

މާލެއަށް ބޯކޮށް ވާރޭވެހެމުންދާތީ އަމީނީ މަގު ހަދަން ބަންދުކޮށްފައިވާ ސަރަހައްދަށް އާންމުން ނުވަނުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އިލްތިމާސްކޮށްފިއެވެ.

އާރްޑީސީން ބުނީ އަމީނީމަގުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަކީ ހިނގާބިނގާވެ އުޅުމަށް އާންމުންނަށް ރައްކާތެރި ސަރަހައްދަކަށް ނޫންކަމަށެވެ.

މާލެއަށް ބޯކޮށް ވާރޭވެހެމުންދިއުމާ ގުޅިގެން އަމީނީމަގުގެ މަސައްކަތްވަނީ މަޑުޖައްސާލާފައެވެ.

އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރަމުން ދަނީ މަގު ކޮނެގެން ކުރަމުންދާ މަސައްކަތެވެ. އެގޮތުން ކޭބަލްތައް ވަޅުލުމާއި، ޕަންޕް ސްޓޭޝަންތައް ހެދުމާއި، ޕޭމަންޓް ކައިރީގައި ޖަހާފައި ހުންނަ ގައު ޖެހުން ފަދަ މަސައްކަތްދަނީ ކުރަމުންނެވެ. ބޯކޮށް ވާރޭވެހުމުގެ ސަބަބުން މިހެންހުރި ވަޅުގަނޑުތަކަށް ފެން އެޅި އާންމުންނަށް ގެއްލުން ވެދާނެތީ އެ ސަރަހައްދަށް ނުވަނުމަށް އާރުޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

އަމީނީ މަގު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ނުނިމި އޮތް ބައިގެ މަސައްކަތް ފެށީ މިމަހުގެ 9 ވަނަ ދުވަހުއެވެ. 13 ސެގްމެންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ އަމީނީ މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ސަރުކާރު ބަދަލުވިއިރު ނުނިމި އޮތީ ފަހު ދެ ސެގްމެންޓުގެ މަސައްކަތެވެ. އެއީ ޢިއްޒުއްދީން މަގު ދިވެހިރާއްޖޭގެ އަޑުން ފެށިގެން މާފަންނާ
ވީ ސަރަހައްދެވެ.