ޚަބަރު

އައު އަހަރާ ގުޅުވައިގެން ޔޫތު މިނިސްޓްރީން ބާއްވާ ކުޑަކުދިންގެ ހަވީރު ކެންސަލްކޮށްފި


  • ރޭގަނޑުގެ ހަރަކާތްތައް ވަނީ ފަސްކޮށްފައި

  • ކުޑަކުދިންގެ ހަވީރު ނުބާއްވާ ގޮތަށް ވަނީ ނިންމާފައި

  • މިގޮތަށް ނިންމީ މޫސުން ގޯސްވުމުގެ ސަބަބުން

އައު އަހަރާ ގުޅުވައިގެން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބާއްވަން ނިންމި "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024" ގެ ކުޑަކުދިންގެ ހަވީރު ކެންސަލްކޮށްފިއެވެ.

އެ ވުޒާރާއިން މިކަން ހާމަކޮށް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ކުޑަކުދިންގެ ހަވީރު ކެންސަލް ކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ.

އައު އަހަރާ ގުޅިގެން ކުޑަކުދިންގެ ހަވީރު ބާއްވަން ނިންމީ މިއަދު ހަވީރު ހުޅުމާލެ ސެންޓަރަލް ޕާކުގައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން "ދިވެހީންގެ ރާއްޖެ ފެސްޓިވަލް 2024" ގެ ނަމުގައި ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބާއްވަން ނިންމި ފެސްޓިވަލްގެ ހުރިހާ ހަރަކާތެއް މިހާރު މިވަނީ ކެންސަލްވެފައެވެ. ކުޑަކުދިންގެ ހަވީރުގެ އިތުރުން މިރޭ އެކި ހަރަކާތްތަކާއެކު ޝޯއެއް ބޭއްވުމަށް ވެސް ތާވަލު ކުރިއެވެ.

ރޭގަނޑު ބޭއްވުމަށް ނިންމި ހަރަކާތްތައް ފަސްކޮށްފައިވާއިރު އެ ހަރަކާތްތައް މޫސުން ރަނގަޅުވުމުން ބާއްވާނެ ތާރީޚެއް އިއުލާން ކުރާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.