ޚަބަރު

ވެށި ޖަމްޢިއްޔާގެ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ވޯކްޝޮޕް


މޫސުމަށް އަންނަ ބަދަލުތަކަށް ފަތުރުވެރިކަމުގެ ދާއިރާ ހޭނުމާބެހޭ ގޮތުން ވެށި ޖަމްޢިއްޔާއިން ކުރި ދިރާސާގެ މަޢުލޫމާތު ފަތުރުވެރިކަމުގެ ދާއިރާގެ ފާރާތްތަކާ ޙިއްޞާކުރުމުގެ މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިފިއެވެ.

ސޯލްޓް ކެފޭގައި މިއަދު ފެށި މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ދިރާސާގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކާ ޙިއްޞާކުރުމާއި، އެކަންކަން ޙައްލުކުރުމާ ބެހޭގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޚިޔާލާ މަޝްވަރާ ހޯދުންކަމަށް ވެށި ޖަމްއިއްޔާގެ އެގްޒެކެޓިވް ޑިރެކްޓަރ ސިމާދު ސަޢީދު ވިދާޅުވިއެވެ. ސިމާދު ވިދާޅުވީ، ދިރާސާއިން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ، ޑިސެލްއަށް ބަރޯސާވާ ބަރޯސާވުން ކުޑަކުރުން ކަމަށެވެ.

ވެށި ޖަމްޢިއްޔާއިން ކުރި ހަމަސްދުވަހުގެ ދިރާސާ ކުރިއަށް ގެންދިޔައީ ރިސޯޓްތަކުގެ އެނާރޖީ ސެކްޓަރގައި ދިމާވާ ގޮންޖެހުމާއި، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ލިބޭ ގެއްލުން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމާ ބެހޭގޮތުން ކަމަށްވެސް ސިމާދު ވިދާޅުވިއެވެ. މަސައްކަތު ބައްދަލުވުމުގެ އެކްސްޕާރޓުންގެ ޕެނަލްގައި އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.