ޚަބަރު

ޑިފެންސް މިނިސްޓަރ ރ.މީދޫއަށް ވަޑައިގަންނަވައިފި


ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ރ.އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ރ.މީދޫއަށް ވަޑައިގަންނަވައިފިއެވެ.

މިއަދު ފެއްޓެވި މިދަތުރުފުޅުގައި ޑިފެންސް މިނިސްޓަރ މީދޫއަށް ޒިޔާރަތްކުރައްވައި، މީދޫ ރަށު ކައުންސިލާއި ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މީދޫގައި އެމްއެންޑީއެފްގެ އިމާރާތެއް އެޅުމަށް ހަމަޖެހިފައިވާ ބިމާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މި ބައްދުކުރެއްވުމަށްފަހު ޑިފެންސް މިނިސްޓަރު ވަނީ ރ.މީދޫގައި އެމްއެންޑީއެފަށް ލިބިފައިވާ ބިން ބައްލަވާލައްވާފައެވެ. img:http://s2.psmnews.mv/images/660x400/14602189902128.jpg|ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް- ފޮޓޯ: އެމްއެންޑީއެފް ޑިފެންސް މިނިސްޓަރު ރ.އަތޮޅަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގައި މާދަމާ ރ.ފައިނަށާއި އުނގޫފާރަށް ޒިޔާރަތްކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ޑިފެންސް މިނިސްޓަރު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.