ދިވެހި ޒުވާނުން ޝައުޤުވެރިކަމާއި ހުނަރުވެރިކަން ހުރި ގިނަ ދާއިރާތަކެއް ދިވެހިންނަށް ޚާއްސަ މަސައްކަތު ދާއިރާގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.
މިގޮތަށް ކަނޑައެޅުއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާ ބެހޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުއެވެ.
މިނިންމެވުމާއި ގުޅޭ މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، 21 ދާއިރާއެއްގެ ވަޒީފާ، ދިވެހިންނަށް ޚާއްސަކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ. މިދާއިރާތަކަކީ ދިވެހި ޒުވާނުންގެ ޝައުޤުވެރިކަމާއި ހުނަރުހުރި ވަޒީފާތައް ކަމަށް ނާޡިމް ވިދާޅުވިއެވެ.
* ހެއަރ ޑްރެސަރ
* ބިއުޓީޝަން
* ބޭބީ ސިޓިންގ
* ޕަރސަނަލް ޓްރެއިނަރ
* އިލެކްޓްރީޝަން
* ގެސްޓް ރިލޭޝަންސް އޮފިސަރ
* ޓުއަރ ގައިޑް
* ޑައިވަރ
* ފޮޓޯގްރަފަރ
* އިލެކްޓްރިކަލް އިންޖިނިއަރ
* ހައުސްކީޕިންގ މެނޭޖަރ
* ހިއުމަން ރިސޯސް މެނޭޖަރ
* ފްރަންޓް އޮފީސް މެނޭޖަރ
* އެކައުންޓެންޓް
* އިމާމު
* ނަރުހުން
* ޓީޗަރުން
* އިންސްޕެކްޓަރުން
* ސަރވޭ ކުރާ މީހުން
* ސައިޓް ސުޕަވައިޒަރ
* ޕައިލެޓް
ނާޘިމް ވިދާޅުވީ މިދާއިރާތަކަކީ ދިވެހިންނަށް ޚާއްސަ ކުރެވިފައިވާ ދާއިރާތަކުގެ ގޮތުގައި ކަނޑައެޅުމަށް ވާން ޖެހޭ ތައްޔާރީތަކަށް ތާވަލެއް އެކުލަވާލައިގެން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށެވެ.