ޚަބަރު

ޕީއޯއެސް ޓާމިނަލްތަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ޙިދުމަތް މެދުކެނޑިއްޖެ


  • ޚިދުމަތަށްވަނީ ބުރޫ އަރާފަ

  • މި މައްސަލަ ހައްލުކުރުމަށް ދަނީ މަސައްކަތްކުރަމުން

  • ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކުން ދުނިޔޭގެ މަޝްހޫރު ހުރިހާ ކާޑުތަކެއް ބަލައިގަނޭ

ބޭންކް އޮފް މޯލްޑިވްސް، ބީ.އެމް.އެލްގެ ޕޮއިންޓް އޮފް ސޭލްސް، ޕީއޯއެސް ޓާމިނަލްތަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ޙިދުމަތް މެދުކެނޑިއްޖެއެވެ.

އެގޮތުން މިއަދު ހެނދުނުން ފެށިގެން ޓެކްނިކަލް މައްސަލަ ދިމާވެ ޕީއޯއެސް ޙިދުމަތަށް ބުރޫ އަރާފައިވާއިރު، މި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.

ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކުން ދުނިޔޭގެ މަޝްހޫރު ހުރިހާ ކާޑުތައް ބަލައިގަނެއެވެ.