ޚަބަރު

ރިޟްވާންގެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި


ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބުދުﷲ ގެއްލުނު މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.  {ރިޟްވާންގެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ދެ ފިރިހެނުންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރުގެ ވަގުތެއްގައިކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. މި ދެމީހުންގެ ތެރެއިން 29 އަހަރުގެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ. އަދި 31 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިންކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަޙްމަދު ރިލްވާނު އަބްދުﷲ ގެއްލުމަކީ ބަޔަކު ދުރާލާ ރާވާއިގެން ހިންގި އަމަލެއްކަން ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި ރިލްވާންއަށް ދެމީހަކު ފަރާލާ އެނާގެ ހުރިހާ ހަރަކާތްތަކެއް ބަލަމުން މާލޭގެ މަގުތަކުގައި ދުއްވާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި ރިލްވާނަށް ފާރަލީ ކުޑަ ހެންވޭރަށް ނިސްބަތްވާ ބައެއްކަމަށާއި އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ސ. ހުޅުދޫ އަތިރިއާގޭ މުޙައްމަދު ސުއައިދު ކިޔާ މީހެއްކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. 

ރިލްވާން ގެންދިޔަކަމަށް ބުނާ ކާރުގެ ތެރެއިން ފެނުނު އިސްތަށީގެ ޑިއެންއޭއާއި ރިލްވާންގެ މަންމަގެ ޑީއެންއާއި ދިމާވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.