ތަޢުލީމު

ފޮޓޯގްރާފަރުންނާއި ކޭޝިއަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފެށުން


1000 ފޮޓޯގުރާފަރުންނާއި އެއްހާސް ކޭޝިއަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއްސަރުކާރުން ފައްޓަވައިފިއެވެ.

މި ޕްރޮގްރާމް ފައްޓަވައިދެއްވީ ދަރުބާރުގޭގައިބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި އިކޮނޮމިކްމިނިސްޓަރު މުޙައްމަދު ސަޢީދެވެ.

ޒުވާނުން ބާރުވެރި ކުރުވައި ރާއްޖޭގެ ވަޒީފާގެބާޒާރުގައި ދިވެހިންގެ ދައުރު ބޮޑުކޮށް ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުންގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސަރުކާރުންކުރިއަށްގެންދަވާ މި ޕްރޮގްރާމަކީ އަމިއްލަ ފުދުންތެރިކަން އިތުރުކުރަން ބޭނުންވާޒުވާނުންނަށް އެ ފުރުޞަތު ހޯއްދަވައި ދެއްވުމަށް ސަރުކާރުން ފެއްޓެވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފެއްޓެވުމުގެ ރަސްމިއްޔާތުގައިވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، މިފުރުޞަތަކީ ގިނަ ޒުވާނުން އެދިއެދި ތިބި ފުރުޞަތުތަކެއްކަމަށެވެ. އަދި އަމިއްލަފައި މައްޗަށް ތެދުވެ ޢާއިލާއަށާއި މުޖުތަމައަށް ފައިދާހުރި މަސައްކަތްތަކެއްކުރެވޭނެ އެތައް މަސައްކަތެއް ސަރުކާރުން ހުޅުވާލައި ވަޒީފާގެ ފުރުޞަތުތައް ހޯއްދަވައިދެއްވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ  މުޙައްމަދު ސަޢީދު ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދަވާ މި ފަދަ ޕްރޮގްރާމްތަކުގެ ނަތީޖާ އެދެވޭގޮތުގައި ފެންނަމުންދާކަމުގައެވެ.މިފެށި ކޯސްތަކުން ފާސްވެގެން ނުކުންނަ ދަރިވަރުންނަށް ވަޒީފާ ހޯއްދަވައިދެއްވަމުންދާނެކަމުގެ ޔަޤީންކަން މިނިސްޓަރ ސަޢީދު ދެއްވިއެވެ. ސަރުކާރުން ވަނީ ފޮޓޯގުރާފަރުންނާއިކޭޝިއަރުންގެ ދާއިރާއަކީ ދިވެހިންނަށް ޚާއްޞަ ދެ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.ކޭޝިޔަރުންނާ ފޮޓޯގްރާފަރުންނަށް ޚާއްޞަކޮށް އިފްތިތާޙުކުރި މި ޕްރޮގްރާމުގެދަށުން ތަމްރީންތައް ކުރިއަށް ދާނީ އެޑިއުކޭޝަން މިނިސްޓްރީއާ އިކޮނޮމިކް މިނިސްޓްރީގެބެއްލެވުމުގެ ދަށުން ޓިވެޓް އޮތޯރިޓީންނެވެ.

މި ދެޕްރޮގްރާމް ނިންމާ ބައިވެރިންނަށް ޤައުމީ ސެޓްފިކެޓް ތިނެއް ނުވަތަ ހަތަރެއް ގެސެޓްފިކެޓެއް ލިބޭނެއެވެ. ސެޓްފިކެޓް ތިނެއްގެ މުއްދަތަކީ 4 މަހެވެ. އަދިސެޓްފިކެޓް 4 މުއްދަތަކީ 8 މަސްދުވަހެވެ. ކުރިއަށް އޮތް ތަނުގައި 2 ޕްރޮގްރާމުންސެޓްފިކެޓް 5 އަދި ޑިޕްލޮމާ ފެންވަރުގެ ކޯސްތަކެއް ވެސް ފެށިގެންދާނެ ކަމަށް ސަރުކާރުންވިދާޅުވެއެވެ. ފޮޓޯގުރާފަރުން ތަމްރީން ކުރުމުގެކޯހުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް އެއް އަހަރު ތެރޭގައި ފައިސާ އަނބުރާދައްކާގޮތަށް ކެމެރާއެއް ލިބޭނެ ޕެކޭޖެއް އިކޮނޮމިކް މިނިސްޓްރީން ވަނީ ތަޢާރާފްކޮށްފައެވެ.އަދި އެ ކޯހުގެ ބައިވެރިންނަށް ޕްރޮފެޝަނަލް ފޮޓޯގްރާފަރަކާއެކު އިންޓާންޝިޕްފުރިހަމަކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

 ސަރުކާރުން ކުރިއަށް ގެންދެވި ފާރމަސިސްޓުންތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވި 700 ދަރިވަރުން ބައިވެރިވެ 400ދަރިވަރަކު ކޯސް ފުރިހަމަކޮށްފައިވާއިރު، ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކޯސްތަކުގައި 2000 އަށްވުރެއް ގިނަ ޒުވާނުން ތަމްރީން ހޯދަމުންދެއެވެ.