ޚަބަރު

ޔުމްނާ ޑެޕިއުޓީ މިނިސްޓަރކަމުން އިސްތިއުފާ ދެއްވައިފި


އެޑިއުކޭޝަން މިނިސްޓަރގެ ނައިބުގެ މަޤާމުގައި ހުންނެވި ޔުމްނާ މައުމޫން މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

އިތުބާރުހުރި ފަރާތަކުން ޕީ.އެސް.އެމަށް ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. އެނގިފައިވާގޮތުގައި ޔުމްނާ މައުމޫން އިސްތިއުފާދެއްވައިފައިވަނީ އަމިއްލަފުޅު ސަބަބުތަކަށްޓަކައެވެ. މިދިޔަ 2014 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަންކުރެއްވި ޔުމްނާ މައުމޫން މިހާތަނަށް ހުންނެވީ އެމިނިސްޓްރީގެ ދަށުން ހިންގަވާ ހެރިޓޭޖް ޑިޕާޓްމެންޓްގެ އެންމެ އިސްވެރިއެއްގެ ގޮތުގައެވެ.

ޔުމްނާ މައުމޫނަކީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ ހަގު އަންހެން ދަރިކަނބަލުންނެވެ.