ޚަބަރު

ކޮނޑޭ ބަނދަރުގެ މަސައްކަތް ނިންމުމަށް ބޭނުންވާ ސާމާނު ގެންގޮސްފި


ގއ. ކޮނޑޭ ބަނދަރުގެ މަސައްކަތް ނިންމުމަށް ބޭނުންވާ ސާމާނު މިއަދު އެރަށަށް ގެންދަވައިފިއެވެ.

ކޮނޑޭ ބަނދަރަކީ އެމް.ޓީ.ސީ.ސީއާ ޙަވާލުކުރައްވައިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. ކޮނޑޭގައި ހެއްދެވުމަށް ހަމަޖެހިފައިވާ ބަނދަރުގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށްވެސް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އަދި ބަނދަރުގެ ބޭރު ތޮށީގައި ބޮޑުހިލަ ޖެހުމުގެ މަސައްކަތާއި، ޖެޓީ ހުންނަ ސަރަޙައްދުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ އިތުރުން 50 ފޫޓަށް ބަނދަރު ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

މި މަސައްކަތްތައް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށޭނެކަމަށްވެސް އެރަށު ކައުންސިލުން ވިދާޅުވެއެވެ. ކޮނޑޭގައި ހަދަމުންދާ ބަނދަރަކީ 354 ފޫޓް ދިގު އަދި 250 ފޫޓް ފުޅާ ބަނދަރެކެވެ. މި މަސައްކަތްތައް ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް އެމްޓީސީސީން ބުނެއެވެ.