ޚަބަރު

ޕީސީބީއަށް އައްޔަންކުރެއްވި ނަޝާތުގެ ނަން އެސްއޯއީ ކޮމެޓީއަށް


  • ޕީސީބީ ބޯޑުގައި ޖުމްލަ 7 މެންބަރުން ތިއްބަވާނެ

  • މެންބަރުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށައަޅަންޖެހޭ

  • ޕްރައިވަޓައިޒޭޝަން ބޯޑުގެ މެމްބަރުންގެ ދައުރަކީ 4 އަހަރު

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ އަލްއުސްތާޛު އަޙްމަދު ނަޝާޠުގެ ނަން ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ "ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް"، އެސްއޯއީ ކޮމެޓީއަށް ފޮނުވައިފިއެވެ.

ޕީސީބީ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ ގ.މައްސާގުގޭ އަލްއުސްތާޛު އަޙުމަދު ނަޝާތު އައްޔަން ކުރެއްވީ 26 ނޮވެމްބަރުގައެވެ.

އަލްއުސްތާޛު އަޙްމަދު ނަޝާޠުވަނީ އިނގިރޭސިވިލާތުގެ މިޑްލްސެކްސް ޔުނިވަރސިޓީން މާސްޓަރސް އޮފް ލޯ އިން އިންޓަރނޭޝަނަލް ލޯ ހާޞިލުކުރައްވާފައެވެ. އަޙްމަދު ނަޝާޠު އެންމެ ފަހުން ހުންނެވީ އެޓަރނީ ޖެނެރަލް އޮފީހުގެ ސްޓޭޓް ކައުސެލްގެ މަގާމުގައެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމަށް އުފައްދަވަފައިވާ ޕްރައިވަޓައިޒޭޝަން ބޯޑު އެކުލެވިގެންވަނީ ބޯޑުގެ ރައީސާއެކު ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރައްވާ 7 މެމްބަރުންގެ މައްޗަށެވެ. މިބޯޑުގެ މެމްބަރުންގެ ދައުރަކީ 4 އަހަރެވެ.