ކުޅިވަރު

މިއީ ރާއްޖޭގެ ބާސްކެޓްގެ ކަމިޔާބީގެ ފެށުން - ނަޒީފް


ސާބާާ ވިމެންސް ބާސްކެޓް ބޯޅަ މުބާރާތުން ލިބުނު މެޑަލްއަކީ ރާއްޖޭގެ ބާސްކެޓްގެ ކާމިޔާބީގެ ފެށުން ކަމަށް ޤައުމީ އަންހެން ބާސްކެޓް ޓީމްގެ ކޯޗް އަހުމަދު ނަޒީފު ބުނެފިއެވެ. 

މިއަދު ނޭޕާލްގައި ނިމުނު ސާބާ ވިމެންސް ބާސްކެޓް ބޯޅަ މުބާރާތަށްފަހު ނަޒީފް ބުނީ ލިބުނު މެޑަލްއާއެކުު އިތުރު މަސައްކަތްތަކެއް ކޮށްފި ނަމަ ރާއްޖޭގެ ބާސްކެޓަށް ގިނަ ކާމިޔާބީތަކެއް ލިބޭނެ ކަމަށާއި، ރާއްޖޭގައި ހުނަރު ހުރި ކުޅުންތެރިން އެބަ ތިބި ކަމަށެވެ. 

ސަރަހައްދުގެ 5 ޤައުމު ވާދަކުރި މިމުބާރާތުގެ ލޯމެޑަލް ރާއްޖެ ހޯދީ ބޫޓާނާ ބަންގްލަދޭޝް ބަލިކޮށްގެންނެވެ. ނަޒީފު ބުނީ ރާއްޖޭގެ ކުޅުންތެރިން ކިބައިގައި ހުނަރު އެބަހުރި ކަމަށާއި އެކުޅުންތެރިން ދޫނުކޮށް ގެންގުޅެފިނަމަ މުސްތަޤްބަލްގައި ރާއްޖެއަށް ގިނަ ކާމިޔާބީތަކެއް ލިބޭނެ ކަމަށެވެ.

"މިއީ ވަރަށް ތާރީހީ ޓީމެެއް. ޒުވާން ކުޅުންތެރިންތަކެއް ރާއްޖެއަށް ފުރަތަަމަ މެޑަލް މި ހޯދަދިނީ. މިކުޅުންތެރިންނަށް އަޅާލެވިގެން ރަނގަޅު ޕްލޭނަކާއެކު މަސައްކަތްކޮށްފި ނަމަ ގިނަ ކާމިޔާބީތަކެއް ރާއްޖެއަށް ލިބޭނެ" ކޯޗް ނަޒީފް ބުންޏެވެ.

ޓީމްގެ ކެޕްޓަން އަދި ޓީމްގައި ހުރި އެންމެ ސީނިއާ އެއްކުޅުންތެރިޔާ ކަމުގައިވާ ހުސްނާ މުހައްމަދު ބުނީ މުބާރާތާ ކުރިމަތިލީވެސް ކާމިޔާބު ހޯދަން ކަމަށާއި، މިއީ އަބަދުވެސް ކުރަމުން އައި އުއްމީދެއް ކަމަށެވެ.

" ވަރަށް ޅަ ކުދިންކޮޅެއް ގޮަވައިގެން މިއައީ ނެޕާލަށް. އަބަދުވެސް އެކުޅުންތެރިންނަށް އިތުބާރު ކުރަން. މިއީ ޓީމެއްގެ ގޮތުގައި ކުޅެ ލިބުނު ކާމިޔާބީއެއް" ހުސްނާ ބުންޏެވެ.

ސައުތު އޭޝިއަން ބާސްކެޓް ބޯލް އެސޯސިއޭޝަން (ސާބާ) ވިމެންސް ބާސްކެޓް ބޯޅަ މުބާތުގެ ޗެމްޕިއަންކަން ހޯދީ ނޭޕާލާ ވާދަކޮށް ސްރީލަންކާއެވެ. 

މިއީ އަންހެން ބާސްކެޓް ކުޅުންތެރިންނަށް އަމާޒުކޮށްގެން ސާބާއިން ބޭއްވި ފުރަތަމަ މުބާރާތެވެ.