ޚަބަރު

ފުވައްމުލަކުގައި ހިނގި އެކްސިޑެއްޓެއްގައި ކުޑަކުއްޖެއްގެ ޙާލު ސީރިއަސް


  • އެކްސިޑެންޓް ހިނގާފައިވަނީ ރޭދަންވަރު

  • މަގުމައްޗަށް ކުއްޖަކު ވެއްޓިފައި އޮތްވާ ފެނުނީ ފުލުހުންނަށް

  • މިމައްސަލަ މިހާރުދަނީ ތަޙުގީގުކުރަމުން

ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި 14 އަހަރުގެ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ސައިކަލަކާއެކު މަގުމައްޗަށް ވެއްޓިފައި އޮތް ކުއްޖަކު ފެނުނީ ރޭ ދަންވަރު 0340ހާއިރު މަގުމަތި ޕެޓްރޯލްކުރަމުންދިޔަ ފުލުހުންގެ ޓީމަކަށްކަމަށެވެ. މިއެކްސިޑެންޓްގައި އަނިޔާވެފައިވަނީ ޢުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށްކަމަށް ފުލުހުން ވިދާޅުވެއެވެ. އެކުއްޖާއަށް މިވަގުތު ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާ ދެމުންދާއިރު ކުއްޖާގެ ޙާލު ސީރިއަސްކަމަށް ހޮސްޕިޓަލާއި ޙަވާލާދީ ފުލުހުންވަނީ ވިދާޅުވެފައެވެ.

މިމައްސަލަ މިހާރު ތަޙުގީގުކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.