ޚަބަރު

ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެ


  • މުއްރަތު ގެއްލިގެން ފުލުހުން އިޢުލާންކުރީ މިއަދު

  • އޭނާވަނީ އަމިއްލައަށް ޕޮލިސް ސްޓޭޝަނަށް ހާޒިރުވެފައި

  • އޭނާގެ ހާލު ރަނގަޅު

ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެއެވެ.

ގެއްލިގެން މީހަކު ހޯދަމުންދާ ކަމަށް ފުލުހުން އިޢުލާންކޮށްފައިވަނީ މިއަދު ހެނދުނުއެވެ.

ފުލުހުން އޭރު ވިދާޅުވެފައިވަނީ ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި މަސައްކަތްކުރާ ފިރިހެނެއް ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ. ގެއްލިގެން ހޯދަމުން ދިޔައީ ނ. މިލަދޫ، ގުމުރީގެ، މުއްރަތު އަލީ (30އ) އެވެ.

އޭނާ ހޯދުމަށް އިޢުލާންކުރުމާއި އެކު އޭނާވަނީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް އަމިއްލައަށް ވަނީ ހާޒިރުވެފައެވެ. އޭނާގެ ހާލު ރަނގަޅުކަމަށް ފުލުހުން ވިދާޅުވެއެވެ.

މުއްރަތު ގެއްލިގެން އާއިލާއިން ފުލުހަށް ރިޕޯޓުކޮށްފައިވަނީ، މިމަހުގެ 6 ވަނަ ދުވަހުއެވެ،