އިންޑިޔާގެ ކަލްކަތާގެމަގެއްގައި އަޅާފައިވާ ފްލައިއޯވަރ ޕްލެޓްފޯމެއް ވެއްޓުނު ޙާދިސާގައި މަރުވިމީހުންގެ އަދަދު ސައުވީހަށް އަރައިފިއެވެ.
ވިޔަފާރީގެކާރޫބާރޫބޮޑު ހިސާބެއްގައި އަޅާފައިވާ 100 މީޓަރު ދިގު ޕްލެޓްފޯމް، މަގުގައިހިގަމުންދިޔަ މީހުންނާ ވެހިކަލްތަކުގެ މައްޗަށް ކުއްލިއަކަށް ވެއްޓުމުގެ ސަބަބުންޕްލެޓްފޯމްގެ ދަށުވެފައިވާ މީހުންގެ ޢަދަދު އަދިވެސް ސާފުނުވާކަމަށް ޚަބަރުތައްބުނެއެވެ.
މިޙާދިސާއާ ގުޅިގެންމީހުން ސަލާމަތްކުރުމުގެ މަސައްކަތް މުޅިރޭ މެދުކެޑުމެއް ނެތި ކުރިޔަށް ގެންގޮސްފައިވެއެވެ.ވެއްޓިފައިވާ ކޮންކްރީޓް ބައިތައް ނެގުމަށް ކްރޭންތަކާއި އެހެންވެސްބަރުވެހިކަލްތައް ބޭނުން ކުރަމުންދާކަމަށް ޚަބަރުލިބެއެވެ.
މިމަސައްކަތުގައިމިހާނަތަށް ނުވަދިހައެއްހާ މީހުން ސަލާމަތް ކުރެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.