ޚަބަރު

ހިޔާ ޓަވަރެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި


  • ހާދިސާ ހިންގާފައިވަނީ ހުޅުމާލެ ހިޔާ ޓަވަރު 6ގައި

  • އަނިޔާވި މީހާއަށް ދަނީ ފަރުވާދެމުން

  • މައްސަލަ ފުލުހުން އަންނަނީ ބަލަމުން

ހުޅުމާލެ ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމުކޮށްލައިފިއެވެ. މި ހާދިސާ ހިންގާފައިވަނީ ހުޅުމާލެ ހިޔާ ޓަވަރު އެޗް6ގެ އެޕަރޓްމަންޓެއްގައެވެ.

ފުލުހުން ވިދާޅުވީ، ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމްކޮށްލާފައިވަނީ ދިވެހި ފިރިހެނެއްކަމަށެވެ. އަދި ޒަޚަމްވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަަމށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި ޙާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުމާއެކު، ހާދިސާ ހިނގި ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާކަމަށެވެ. އަދި މައްސަލަ އިތުރަށް ދަނީ ތަޙުޤީޤުކުރަމުންނެވެ.

މާލެ ސަރަޙައްދުގައި މިދިޔަ ހަފްތާގައި ހިނގައިދިޔަ، އެކިއެކި މާރާމާރީތަކަކާއި ގުޅިގެން، މި ސަރަޙައްދުގައި ވަނީ ފުލުހުންގެ ޚާއްޞަ އޮޕަރޭޝަންތައްވެސް ވަރުގަދަކޮށްފައެވެ.