ޚަބަރު

ޗުއްޓީއަށް ނުގޮސް މަޖިލީހުގެ 3 ވަނަ ދައުރު އިތުރުކުރުމަށް ފާސްކޮށްފި


މިހާރު ހިނގަމުންދާ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ މުއްދަތު އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރަކީ 1 އޯގަސްޓުން ނޮވެމްބަރުމަހުގެ ނިޔަލަށެވެ. ނަމަވެސް މަޖިލީހުގައި ގިނަ މަސައްކަތްތަކެއް ހުރުމުން މަޖިލީހުގެ 3 ވަނަ ދައުރުގެ މުއްދަތު އިތުރުކުރުމަށް މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހާފައެވެ. އަދި އެކަމަށް ނެގި ވޯޓުގައި ބައިވެރިވި 43 މެމްބަރުންގެ އިއްތިފާޤުން ވަނީ ދައުރު އިތުރުކުރުމަށް ފާސްކޮށްފައެވެ.

މިއީ މިއަހަރުގެ 3 ވަނަ ދައުރުގެ މުއްދަތު އިތުރުކުރުމަށް މަޖިލީހުން ފާސްކުރި ދެ ވަނަ ފަހަރެވެ. އެގޮތުން މީގެކުރިން ވަނީ މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ 3 ވަނަ ދައުރު އިތުރުކުރުމަށް ފާސްކޮށްފައެވެ.