ޚަބަރު

ފުވައްމުލަކުގައި އެމްއެންޔޫން އައިސީޓީ ފެސިލިޓީއެއް ޤާއިމްކުރަނީ


  • އައިޓީ ދާއިރާގެ ޕްރިގްރާމްތައް ހިންގުމަށް ޚާއްޞަ ފެސިލިޓީއެއް

  • ކުލާސްރޫމާއި ލެބޯޓްރީގެ އިތުރުން ދަނާލެއް ހުންނާނެ

  • 30 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ

އިންފޯމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީ، އައިސީޓީގެ ފެސިލީޓީއެއް ފުވައްމުލަކުގައި ގާއިމްކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާއި ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ފުވައްމުލަކުގައި އައިސީޓީގެ ފެސިލިޓީއެއް 30 މަސް ދުވަހުގެތެރޭގައި ޤާއިމްކޮށް ނިންމަންޖެހެއެވެ.

ފުވައްމުލަކުގައި ޤާއިމްކުރާ އައިސީޓީ ފެސިލިޓީއަކީ، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއާއި ގުޅޭ އެކި ތަޢުލީމީ ޕްރޮގްރާމްތަތަކާއި ތަމްރީންތައް ހިންގުމަށް ޤާއިމްކުރާ ފެސިލިޓީއެކެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޤައުމީ ޔުނިވާސިޓީގެ ވައިސް ޗާންޗެލަރ ޑރ. ޝެހެނާޒް އާދަމް ވިދާޅުވީ، ފުވައްމުލަކުގައި ޤާއިމްކުރާ އައިސީޓީގެ ފެސިލިޓީއާއެކު، އެ ޔުނިވާސިޓީން ހިންގާ އެކި ކޯސްތަކާއި ޕްރޮގްރާމްތައް ހިންގާނެކަމަށެވެ.

"އައިޓީ ދާއިރާއަށް ޚާއްސަކޮށް ޤާއިމްކުރާ ފެސިލިޓީގައި އެމްއެންޔޫގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީން ހިންގަމުންދާ ޕްރޮފެޝަނަލް ކޯސްތަކާއި ބެޗްލަރސް އަދި މާސްޓަރސް ކޯސްތައް އެ ފެސިލިޓީ ގާއިމްކުރެވުމާއެކު ފަށާނެ. އަދި އެކައުންޓިންގެ ކޯސްތައްވެސް މި ފެސިލިޓީ ގާއިމްވުމާއެކު ހިންގާނެ." ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އާދަމް ވިދާޅުވިއެވެ.

ވައިސް ޗާންސެލަރ ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ފުވައްމުލަކުގައި ގާއިމްކުރާ އައިސީޓީ ފެސިލިޓީގައި ކުލާސްރޫމްތަކާއި، ލެބޯޓްރީގެ އިތުރުން ދަރިވަރުންގެ ދަނާލެއް ބިނާކުރާނެ ކަމަށެވެ. 3 ބުރިއަށް އިމާރާތްކުރާ ދަނާލުން 21 ކުދިންނަށް ޖާގަ ލިބޭނެކަމަށާއި މުވައްޒަފުން

ވައިސް ޗާންސެލަރ ވިދާޅުވީ ރާއްޖޭގައި މަތީ ތަޢުލީމްގެ ދާއިރާއިން އެންމެ ބޮޑު ޑިމާންޑެއް އޮންނަ އެއް ދާއިރާއަކީ އައިޓީ ދާއިރާގެ ޕްރޮގްރާމްތައްކަމަށެވެ. އަދި އެ ދާއިރާގެ ކޯސްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް މަސައްކަތްކުރައްވާކަމަށް ޤައުމީ ޔުނިވާސިޓީގެ ވައިސްޗާންސެލަރ ޑރ. ޝެހެނާޒް އާދަމް ވިދާޅުވިއެވެ.