ޚަބަރު

"ފަލަސްޠީނު ރައްޔިތުން ބޭރުކުރުމަށް ކުރާ ކޮންމެ މަސައްކަތެއް ދުނިޔެއިން ކުށްވެރިކުރަންޖެހޭ"


ފަލަސްޠީނުގެ ރައްޔިތުން އެ މީހުންގެ ގެދޮރު ދޫކޮށްލަން މަޖުބޫރުވާ ޙާލަތެއް އުފެއްދުމަށް ޔަހޫދީން ކުރާ ކޮންމެ މަސައްކަތެއް ދުނިޔެއިން ކުށްވެރި ކުރަން ޖެހޭ ކަމަށް އުރުދުންގެ ރަސްގެފާނު ޢަބްދުالله ވިދާޅުވެއްޖެއެވެ. ޢަބްދުﷲ ރަސްގެފާނު އެ ގޮތަށް ވިދާޅުވެފައި ވަނީ އުރުދުންގެ ވެރިރަށް ޢައްމާނުގައި ސައިޕްރަސްގެ ރައީސްއާ ބައްދަލުކުރެއްވުމަށްފަހުއެވެ.

ޔަހޫދީ ފައުޖުތަކާއި ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހު ފެށި ހަނގުރާމައިގައި ޣައްޒާގެ ޢާއްމުންނަށް ޢަމާޒުކޮށް ޔަހޫދީ ފައުޖުތަކުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓާލުމަށް ގޮވައިލައްވައި ގޮވައިލެއްވުން ޢަބްދުﷲ ރަސްގެފާނު ވަނީ އެ ބައްދަލުވުމުގައި ތަކުރާރުކުރައްވައިފައެވެ. އަދި ޔަހޫދީން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް އިތުރަށް ގޯސްވަމުންނަ އަންނަ ކަމަށް ޢަބްދުﷲ ރަސްގެފާނު ވިދާޅުވިއެވެ. ފަލަސްޠީނު ރައްޔިތުން އެމީހުންގެ ބިމުން ގަދަކަމުން ބޭރުކޮށްލަން ކުރާ ކޮންމެ މަސައްކަތަކުން ނުރައްކާތެރި ނަތީޖާތަކެއް ނިކުމެދާނެ ކަމަށްވެސް ޢަބްދުالله ރަސްގެފާނު ވިދާޅުވިއެވެ.

ސައިޕްރަސްގެ ރައީސް ނިކޯސް ކްރިސްޓޮލޮޑީސްއާއެކު ބޭއްވި ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުއްވައިލައްވައިފައިވަނީ ޣައްޒާގައި ދިރިއުޅޭ ޢާއްމުންނަށް އިންސާނީ އެހީއާއި ލުއި ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ. ޣައްޒާއަށް ފޯރުކޮށްދޭ އިންސާނީ އެހީ މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން ގެންދިއުމަށާއި އެކަށީގެންވާ މިންވަރަށް އެހީ ފޯރުކޮށްދިނުމަށް ޔަހޫދީންނަށް ބާރުއެޅުމަށް ކުރުމަށް ހުޅަނގުގެ ލީޑަރުންނަށް އަބްދުالله ރަސްގެފާނު ވަނީ ގޮވައިލައްވައިފައެވެ.

ޣައްޒާގެ 2.3 މިލިއަން މީހުންނަށް ބޭނުންވާ އިންސާނީއެހީގެ ގޮތުގައި ޣައްޒާއަށް ވައްދާ ތަކެތި ވައްދާ މިންވަރާއި ވައްދަންޖެހޭ ތަކެތިވެސް ޔަހޫދީ އަސްކަރިއްޔާއިން އަންނަނީ ކޮންޓްރޯލު ކުރަމުންނެވެ. އދގެ ފަލަސްޠީނު ރެފިއުޖީ އޭޖެންސީ (ޔޫއެންއާރުޑަބްލިއުއޭ) އިން ބުނާ ގޮތުން ޣައްޒާއާއި މިޞްރު ގުޅޭ ރަފަޙް ބޯޑަރުން ޣައްޒާއަށް ލިބެނީ ބޭނުންވާ އެހީގެ މަދު މިންވަރެކެވެ.