ކުޅިވަރު

ނިއުކާސަލުން ޑެހެއާއަށް ބޮޑު ހުށަހެޅުމެއް


ގޯލްކީޕަރު ނިކް ޕޯޕަށް ލިބުނު ބޮޑު އަނިޔާއާ ގުޅިގެން، ގޮތް ހުސްވެގެން ނިއުކާސަލް ޔުނައިޓެޑުން ކީޕަރު ޑޭވިޑް ޑެހެއާއަށް ބޮޑު ހުށަހެޅުމެއް ދޭން ތައްޔާރުވެފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ނިއުކާސަލް އިން އިތުރު ގޮތްތަކެއް ހޯދުމަށް ވިސްނީ ބާންލީގެ ކުރީގެ ކީޕަރުކަން ކުރި ޕޯޕްގެ ކޮނޑުހުޅަށް ލިބުނު އަނިޔާގެ ސަބަބުން އޮޕަރޭޝަނެއް ކުރަން ޖެހި ދެތިން މަސްދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަން ޔަގީންވެފައިވަނިކޮށެވެ.

ޕޯޕް އަށް އަނިޔާވީ ޔުނައިޓެޑާ ދެކޮޅަށް ނިއުކާސަލް އިން ކުޅުނު މެޗުގަ އެވެ. ނިއުކާސަ؛ލް އިން ޑެހެއާއަށް ފާރަލާން ނިންމާފައިވާއިރު އޭނާ މިވަގުތު ހުރީ ކުލަބެއް ނެތިފައެވެ. އޭނާގެ މިވަގުތު ހުރީ ދާނެ ކުލަބެއް ނުލިބި ހުސްއަތާއެވެ. އެއީ އެއްވެސް ޓީމަކުން އޭނާއަށް ހުށައެޅުމެއް ނުދޭތީއެވެ.

ނިއުކާސަލްއަށް ޑެހެއާ ގެންނަން އެންމެ ބޮޑަށ ްބޭނުންވަނީ ނިއުކާސަލްގެ ކޯޗު އެޑީ ހޯވް އެވެ. އެ ކުލަބުން މަސައްކަތްކުރަނީ ބޮޑު މުސާރައެއް ޑެހެއާއަށް ހުށައެޅުމަށެވެ.

ޑެހެއާއަށް ވަނީ ސައުދީގެ މުއްސަނދި ކުލަބުތަކުން ވެސް ހުށައެޅުންތަކެއް ލިބިފައެވެ. އަދި ސްޕެނިޝް ލީގުގެ ރެއާލް ބެޓިސް އިންވެސް ހުށައެޅުމެއް ވަނީ ހުށައަޅާފައެވެ. ނަމަވެސް ޑެހެއާ ވަނީ އެ ކުލަބުތަކަށް ބަދަލު ނުވާން ނިންމާފައެވެ.