ކުޅިވަރު

ބައްސާމުގެ ޕާސްޕޯޓު ހިފަހައްޓައިފި


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ރައީސް ބައްސާމް އަދީލް ޖަލީލުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ބައްސާމް ޕާސްޕޯޓް ހިފަހައްޓާފަ މިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދުނިޔޭގެ ފުޓުބޯޅަ ފެޑެރޭޝަން (ފީފާ) އިން ފޮނުވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފަ ވަނިކޮށެވެ.

ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައިގައި އެންމެ ބޮޑު ތުހުމަތުތަކެއް އަމާޒުވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަށް ކަމަށާއި ހެކި ހޯދުމަށް ފަހު ދައުވާ ކުރާނެ ކަމަށް ވެސް ޕީޖީން ބުނެފައިވެ އެވެ.

ތަހުގީގުގައި މިހާތަނަށް ކުރި މަސައްކަތުން، އެފްއޭއެމަށް ބޭރުގެ ބައެއް އިދާރާތަކުން ލިބޭ ފައިސާ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށް ބޭނުންކޮށްފައިވާކަން އޭގެ ސާފު ކިތާބީ ހެކި ބޭންކް ސްޓޭޓްމަންޓްތަކުން ފެންނަން އެބަހުރި ކަމަށް ފުލުހުން ހާމަކޮށްފައިވެ އެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އަމުރަށް ފުލުހުން ތަހުގީގު ފަށައި މިދިޔަ މަހުގެ 22 ވަނަ ދުވަހު އެފްއޭއެމަށްވަނީ ވަދެފަ އެވެ. އަދި އެތަނަށް ވަދެ އެ އިދާރާގެ ގިނަ އަދަދެއްގެ ލިޔެކިޔުމާއި، ސާވާ ބެކަޕް އަދި ހާޑް ޑިސްކުތަކެއްވަނީ ގެންގޮސްފަ އެވެ. މައުލޫމާތު ލިބިފާވާ ގޮތިގައި މި މައްސަލައާ ގުޅިގެން ބައްސާާމްގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފި އެވެ.

މީގެ ކުރިން މައްސަލައާ ގުޅިގެން އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ އިދާރާއަށް ލިބިފައިވާ އެފްއޭއެމަށް ނިސްބަތްވާ އެއްވެސް ފަރާތަކުން ހިޔާނާތްތެރިވެފައި ނުވާނެ ކަމަށާއި، މިއީ އަމިއްލަ މަސްލަހަތާއި، ޒާތީ ބޭނުމަށް ހާލަތުގެ ފައިދާ ނެގުމުގެ ގޮތުން ބަޔަކު ކޮށްގެން އުޅޭކަމެއް ކަމަށެވެ.