ވިޔަފާރި

ބީއެމްއެލްގެ އޭޓީއެމްތަކެއް ހަނިމާދުއާއި ކުޅުދުއްފުށީގައި


ފައިސާއާއި ޗެކު ޖަމާކުރެވޭ ގޮތަށް ހަދާފައި ހުންނަ ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް، ބޭންކް އޮފް މޯލްޑިވްސްއިން ހދ. ހަނިމާދުއާއި ހދ.ކުޅުދުއްފުށީގައި ފަށައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ، ފައިސާ ނެގުމާއި ފައިސާއާއި ޗެކު ޖަމާކުރުމުގެ އިތުރުން ފައިސާ ޓްރާންސްފާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރު މި ސެންޓަރުތަކުން ލިބެމުން ދާނެ ކަމަށެވެ. ކުރިން ވަނީ ކ. މާފުށި އަދި ވ. ފެލިދޫގައި މި ޚިދުމަތް ފަށާފައެވެ. އަދި މި ޚިދުމަތް ދެވޭ އިތުރު 5 ބްރާންޗެއް މިއަހަރު ހުޅުވުމަށް ބީއެމްއެލްއިން ވަނީ ނިންމާފައެވެ.

މިހާރު ބީއެމްއެލްގެ ބޭންކިންގ ވިއުގައިގައި 29 ބްރާންޗު، 76 އޭޓީއެމް، 3،200 ޕޮއިންޓް އޮފް ސޭލް މާރޗަންޓުން، 117 ކޭޝް އޭޖެންޓުން، ޖުމްލަ 14 ސެލްފް ސަރވިސް ބޭންކު ސެންޓަރު އަދި ފަސް ދޯނި ބޭންކިންގ ޔުނިޓު ހިމެނެއެވެ.