ސިޔާސީ

ނާއިބް ރައީސަކު ހޮއްވަވާނީ ކުރިއަށްދާ ތަޙްޤީގް ނިމުމުން- ރައީސް


ނާއިބް ނާއިބު ރައީސަކު ހޮވުމަށް މަޖިލީހަށް ނަންހުށައަޅުއްވާނީ، އެންމެ ފަހުން ރާއްޖޭގައި ނާއިބުރައީސް ކަން ކުރެއްވި ފަރާތް ހިމެނިގެން ހިނގާދިޔަ ޖިނާއި ބޮޑު މައްސަލައިގެ ތަހުޤީގު ނިމި ޝަރީއަތް ކުރެވުމުންކަމަށް ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫން ވިދާޅުވެއްޖެއެވެ.މެލޭޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ނާއިބު ރައީސަކު ހުރުމަކީ، ޤާނޫނު އަސާސީ ލާޒިމް ކުރާ ކަމެއް ނަމަވެސް، ޤައުމު ހިންގުމުގައި ނާއިބުރައީސްގެ ދައުރެއް އޮންނަންޖެހޭކަމަށް ގާނޫނު އަސާގައި ބުނެފައިނުވާކަމަށެވެ.ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް ނަޝީދު މިނިވަންކޮށްގެން ރާއްޖޭގެ ސިޔާސީ މަސްރަހު ހަމަޖެހިގެން ނުދާނެކަމަށާއި، އެމް.ޑީ.ޕީ އާއެކު މަޝްވަރާ ކުރައްވަން ސަރުކާރުން ގޮވާލެއްވީ ރައީސް ނަޝީދު މިނިވަން ކުރަން ސަރުކާރުގެފަރާތުން ކޮށްދެއްވަންވީ ކޮންކަމެއްތޯ ބެއްލެވުމަށްކަމަށެވެ.