ސިއްހަތު

ދެ ބޭހެއް ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކޮށްފި


ރާއްޖެއަށް އެތެރެކޮށް ވިއްކާ ދެބޭހެއް އެތެރެކޮށް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ.

ފުޑްއެންޑް ޑްރަގް އޮތޯރިތީން ވިއްކުން މަނާކުރައްވާފައިވަނީ، ރާއްޖެއަށް އެތެރެކޮށް ވިއްކުމުގެ ހުއްދަ އޮންނަ ބެޗް ނަމްބަރު 9060057 ގެ ސީފަޒޮލިން ސޯޑިއަމް 500 މިލިގްރާމްގެ އިންޖެކްޝަނާއި، ބެޗްނަމްބަރ A4P026NS ސޯޑިއަމް ކްލޯރައިޑްގެ އިންޖެކްޝަނެވެ.

img:http://s3.psmnews.mv/images/660x400/14594363343783.jpg|

މީގެ އިތުރުން ބެޗް ނަމްބަރ 4262019 އިންޖެކްޝަން ކަށިވެސްވަނީ ވިއްކުމާއި ބޭނުންކުރުން މަނާކުރައްވާފައެވެ.

img:http://s1.psmnews.mv/images/660x400/14594363429838.jpg|

މި ތަކެތި ވިއްކުން މަނާކޮށްފައިވަނީ ކުނޑި ނުވަތަ ޕްރިސިޕިޓޭޓް ހުންނަ ކަމަށް ފާހަގަކުރެވިފައިވާތީކަމަށްވެސް ފުޑްއެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވެއެވެ.