ކުޅިވަރު

ރާއްޖޭގެ އަންހެން ބާސްކެޓް ޓީމަށް ތިންވަނަ ހޯދުމުގެ ފުރުސަތު


ބަންގްލަދޭޝް ބަލިކޮށް ސާބާ ވިމެންސް ބާސްކެޓް ބޯޅަ މުބާރާތުގެ ލޯމެޑެލް ހޯދުމުގެ ފުރުސަތު ލިބެއްޖެއެވެ.

މިއަދު ނޭޕާލްގައި ރާއްޖޭގެ އަންހެން ބާސްކެޓް ޓީމް މެޗް ކާމިޔާބުކުރީ ބަންގްލަދޭޝްއާ ވާދަކޮށް 62 ޕޮއިންޓް 28 ޕޮއިންޓުންނެވެ. މެޗްގައި ރާއްޖޭގެ ޓީމުންވަނީ މޮޅަށް ކުޅެފައެވެ. ކޮންމެ ކުއަޓަރއެއްގައި ރާއްޖެއިން ވަނީ ލީޑާއެކު ކުޅެފައެވެ. މުބާރާތުގެ ތިންވަނަ ހޯދުމަށް މާދަމާ ރާއްޖެ ވާދަކުރަން ޖެހޭނީ ބޫޓާންއާއެވެ.

މިއަހަރު އަލަށްފެށި ސާބާ ވިމެންސް ބާސްެކެޓް ބޯޅަ މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ ވަރަށް ޒުވާން ޓީމެކެވެ. 

މިމުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ، ނޭޕާލް، ބަންގްލަދޭޝް، ސްރީލަންކާ އަދި ބޫޓާނެވެ.