ކުޅިވަރު

ސާބާ ޗެމްޕިއަންޝިޕް ދެވަނަ މެޗުންވެސް ރާއްޖެ ބަލިވެއްޖެ


ފުރަތަމަ ސާބާ އަންހެން ބާސްކެޓް ބޯޅަ މުބާރާތުގައި މިއަދު ނޭޕާލް އަތުން ބަލިވި ނަމަވެސް ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށް ރާއްޖޭ ޓީމްގެ ކޯޗް ނަޒީފު ބުނެފިއެވެ.

ނޭޕާލާ ވާދަކޮށް މިއަދު ބަލިވި މެޗަށްފަހު ނަޒީފު ބުނީ މެޗުގެ ކުރީކޮޅު ރާއްޖެއަށް ނުކުޅެވުނު ކަމަށާއި، ނަމަވެސް ފަހު ކުއަޓަރގައި ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. ޒުވާން ކުުޅުންތެރިންތަކެއް ރާއްޖޭގައި ތިބުމުން ކޮންމެ މެޗެއްވެސް ވެގެންދާނީ ރަނގަޅު ތަޖުރިބާއަކަށް ކަމަށް އަހުމަދު ނަޒީފު ބުންޏެވެ.

މިއަދު ނޭޕާލް އަތުން ރާއްޖެ ބަލިވި 77 ޕޮއިންޓް 36 ޕޮއިންޓުންނެވެ. މިމުބާރާުގައި ނޭޕާލާ ލަންކާވެސް ވަނީ ކުޅުނު ދެމެޗު ކާމިޔާބުކޮށްފައެވެ. މުބާރާތުގައި ރާއްޖެ މާދަމާ ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ބަންގްލަދޭޝް ވަނީ ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން ބަލިވެފައެވެ.