ޚަބަރު

ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 111 ފުލުހުން ހުވާކޮށްފި


  • 111 ފުލުހުން މަޤާމުގެ ހުވާކުރި

  • އެއީ އަންހެން 45 ފުލުހުންނާއި ފިރިހެން 42 ފުލުހުން

  • ކޮންޓަބިއުލަރީ އަންހެން 11 ފުލުހުންނާއި ފިރިހެން 13 ފުލުހުން

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން މަޤާމުގެ ހުވާކޮށްފިއެވެ. އެކަމަށްޓަކައި އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އަލަށް ޚިދުމަތާ ގުޅުނު ފުލުހުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ޢަލްއުސްތާޒު މުޙައްމަދު ފައިޞަލްއެވެ.

އެ ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 111 ފުލުހުންނެވެ. އެއީ އަންހެން 45 ފުލުހުންނާއި ފިރިހެން 42 ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންޓަބިއުލަރީ އަންހެން 11 ފުލުހުންނާއި ފިރިހެން 13 ފުލުހުންނެވެ. ހުވާކުރުމަށްފަހު ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.

އެ ރަސްމިއްޔާތުގައި، ހެޑް އޮފް ހިއުމަން ރިސޯސް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް އަދި ހެޑް އޮފް ރެކްރޫޓުމަންޓް އެންޑް ޑިޕްލޯއިމަންޓް ޔުނިޓް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝަރީފް ބައިވެރިވެލެއްވިއެވެ.