ޚަބަރު

ޖޭއެސްސީއަށް ވަކީލަކު އައްޔަން ކުރުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލައިފި


  • ވަކީލަކު އައްޔަންކުރަނީ ޤާނޫނީ ވަކީލުން ތަމްސީލުކުރާ މެންބަރުގެ މަޤާމު ހުސްވެފައިވާތީ

  • މިއިންތިޚާބަށް ކުރިމަތިލުމަށް މިމަހުގެ 28 އާއި ހަމައަށް ވަނީ ފުރުޞަތު ހުޅުވާލާފައި

  • ވޯޓު ދިނުމުގެ ޙައްޤުލިބޭ ވަކީލުންގެ ދަފްތަރަށް ޝަކުވާ ހުށައެޅުމަށް ވެސް ވަނީ ހުޅުވާލާފައި

ޤާނޫނީ ވަކީލުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ވަކީލަކު އައްޔަން ކުރުމަށް، ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް މޯލްޑިވްސް ބާ ކައުންސިލުން ހުޅުވާލައިފިއެވެ. މިއިންތިޚާބު އޮންނާނީ އަންނަ ޑިސެމްބަރުމަހުގެ މަހުގެ 7 ވަނަ ދުވަހެވެ.

ޖޭއެސްސީއަށް ވަކީލަކު އައްޔަންކުރަނީ ޤާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޢައްޔަނުކޮށްފައިވާ މެންބަރުގެ މަޤާމު ހުސްވެފައިވާތީއެވެ.

މިއިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިމަހުގެ 28 އާއި ހަމައަށެވެ. ޖޭއެސްސީއަށް ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރެވޭ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ ބާ ކައުންސިލަށް ކަމަށް އެކައުންސިލުން ވިދާޅުވެއެވެ.

މިއިންތިޚާބަށް ކުރިމަތިލާ ޤާނޫނީ ވަކީލުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކާއި، ހުށައަޅަންޖެހޭ ތަކެތީގެ ތަފްސީލް ގެޒެޓުގައި ވަނީ ޝާޢިރު ކުރެވިފައެވެ.

ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމަށް ބާއްވާ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބޭނީ ބާ ކައުންސިލުގެ ވެބްސައިޓްގައި ޢާންމުކޮށްފައިވާ "ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ދަފުތަރު" ގައި ހިމެނޭ ވަކީލުންނަށް އެކަންޏެވެ.

މި ދަފްތަރާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ، މާދަމާގެ ހަވީރު 3ގެ ކުރިން ބާ ކައުންސިލަށް ހުށައެޅުމަށް އެކައުންސލުންވަނީ ހުޅުވާލާފައެވެ.