ޚަބަރު

ރައީސް މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް މެލޭޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މެލޭޝިޔާއަށް ކުރެއްވި ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅަކީ މެލޭޝިޔާގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މެލޭޝިޔާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާ ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި، މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނާއިވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާފައިވެއެވެ.