ޚަބަރު

މިސްރުގެ މަތިންދާބޯޓެއް ހައިޖެކްކޮށްފި


މިސްރުގެ އިޖިޕްޓް އެއަރގެ ފްލައިޓެއް ހައިޖެކްކޮށްގެން ސައިޕްރަސްގެ ލަރސާނާ އެއަރޕޯޓަށް ގެންގޮސްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މަތިންދާބޯޓް ހައިޖެކްކުރި ފަރާތުން ޕްލައިޓްގެ ކްރޫއާއި އިތުރު ހަތަރު މީހުން ފިޔަވާ އެހެން ހުރިހާ މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.

މިސްރުގެ އެލެގްޒެންޑްރިއާއިން ޤާހިރާއަށް ދަތުރު ކުރަމުންދިޔަ މި ޕްލައިޓް ހައިޖެކްކޮށްފައިވަނީ ހަތިޔާރުއެޅި އެކަކު ކަމަށް ރިޕޯޓްތައް ބުނަމުންދެއެވެ. އަދި ޕްލައިޓް ހައިޖެކްކޮށްފައިވާ ފަރާތްތަކުން ސައިޕްރަސްގައި ޕްލައިޓް ޖެއްސުމަށް އެންގިކަމަށް އިޖިޕްޓް އެއަރގެ ތަރުޖަމާނަކު މައުލޫމާތުދިނެވެ.

އެއަރބަސް 320 މަރުކާގެ މިޕްލައިޓްގައި ދަތުރުކުރަމުން ދިޔައީ 55 ފަސިންޖަރުންނެވެ.

މިސްރުގެ އޭވިއޭޝަން މިނިސްޓްރީ މައުލޫމާތު ދޭގޮތުގައި އިޖިޕްޓް އެއަރގެ ޕްލައިޓް ހައިޖެކް ކޮށް، ލަރސާނާ އެއަރޕޯޓައް ޖެއްސުމަށް ހައިޖެކްކުރި ފަރާތުން އެދުމުން ބޯޓުގެ ޕައިލެޓް އޮމާރް އަލް-ގައްމާލް ކަމާއި ބެހޭ ފަރާތްތަކަށް އެކަން އަންގާފައިވާކަމަށެވެ. އަދި މިހާރު މި ޕްލައިޓް އޮތީ ލަރސާނާ އެއަރޕޯޓްގެ އޭޕްރަންއެއްގެ މަތީގައި ޕާކްކޮށްފައިކަމަށް ޙަބަރު ލިބެއެވެ. މީގެއިތުރުން ޕްލައިޓާއި ކައަރި ނުވުމަށް ފުލުހުންނަށް އަންގާފައިވާކަމަށެވެ.

އެންމެފަހުގެ މައުލޫމާތުތަކަށް ބަލާލާއިރު، ޕްލައިޓް ހައިޖެކްކޮށްފައިވަނީ އިޖިޕްޓްގެ ރައްޔިތެކެވެ.  

އިތުރު ތަފްސީލް އަންނަނީ......