ޚަބަރު

ރައީސްގެ އަނބިކަނބަލުން، "ޕެރްމާތަ ނެގާރާ" އަށް ޒިޔާރަތްކޮށްފި


ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ބައެއްގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމް، މެލޭޝިޔާގެ "ޕެރްމާތަ ނެގާރާ" އަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

ޕެރްމާތަ ނެގާރާއަކީ ހަތަރު އަހަރުން ދަށުގެ ކުދިން ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ޚާއްޞަ ތަޢުލީމީ ޕްރޮގްރާމްތަކެއް ހިންގާ މެލޭޝިޔާގެ މުއައްސަސާއެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޕެރްމާތަ ނެގާރާއަށް ކުރެއްވި ޒިޔާރަތުގައި އެތަނުގެ މަސައްކަތްތައް ބައްލަވައިލެއްވިއެވެ. އަދި ޕެރްމާތަ ނެގާރާގައި ތަޢުލީމު ހާސިލުކުރަމުންދާ ކުދިންނާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައްދަލުކުރެއްވިއެވެ.