ދުނިޔެ

ޕަލްމީރާއިން އައި.އެސް ބޭރުކޮށްލުމަކީ ކާމިޔާބީއެއް- އެމެރިކާ


ސޫރިޔާގެ ޕަލްމީރާއިން އައިއެސްގެ ހަނގުރާމަވެރިން ބޭރުކޮށްލެވުމަކީ ކާމިޔާބީއެއް ކަމަށް ސިފަކޮށް އެމެރިކާއިން އެކަމަށް މަރުހަބާ ކިޔައިފިއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ޖޯން ކާބީ ވިދާޅުވީ ޕަލްމީރާ މިނިވަން ކުރެވުމަކީ އައިއެސްގެ މައްޗަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް އެމެރިކާ ދެކޭކަމަށެވެ. ނަމަވެސް މިކަމުގެ އަސަރު ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކަށް ކުރާނެ ގޮތަކާބެހޭގޮތުން އެއްޗެއް ބުނަން އަދި މާ އަވަސްކަމަށް ކާބީ ވިދާޅުވިއެވެ. 

އައިއެސްގެ ހަނގުރާމަވެރިން ފައްސާލާފައިވަނީ ރަޝިޔާގެ ވައިގެ އެހީތެރިކަމާއެކު ސޫރިޔާ ސިފައިން ހިންގި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއްގައެވެ. އދ. ން ވެސްވަނީ މިކަމަށް މަރްޙަބާ ކިޔާފައެވެ.