ކުޅިވަރު

ސައުދީ ލީގުން އޮސީމެންއަށް ބޮޑު ހުށެހެޅުމެއް


އިޓާލިއަން ލީގުގެ ނަޕޯލީއަށް ކުޅެމުން އަންނަ ނައިޖީރިއާ ފޯވާޑް ވިކްޓަ އޮސީމެންއަށް ސައުދީ ޕްރޯ ލީގުގެ އަލް-ހިލާލުން ބޮޑު ހުށަހެޅުމެއް ލިބުނު ކަމަށް އޭނާ ބުނެފިއެވެ.

ސައުދީ ލީގަށް ބަދުލުވާން ލިބިނު ހުށެހުޅުމާ ގުޅޭގޮތުން މީޑިއާގައި ވާހަކަދައްކަމުން އޮސީމެން ބުނީ އަލް-ހިލާލަށް ނޫނެކޭ ބުނާ ކޮންމެ ފަހަރަކު އެކުލަބުން އޭނާއަށް ހުށަހަޅާ އަގު މަތިކުރާ ކަމަށެވެ. އަދި ހިލާލުން ހުށަހެޅި އަގުބޮޑު ޑީލް އޭނާ ގަބޫލުނުކުރީ ނަޕޯލީގައި މަޑުކުރަން ބޭނުންވާތީ ކަމަށްވެސް ވަނީ ބުނެފައެވެ.

އޮސީމެން ހޯދުމަށް ސައުދީން ހެށަހެޅުމުން ނަޕޯލީން ވަނީ ކުޅުންތެރިޔާ ވިއްކާނެ އަގަކީ 173 މިލިއަން ޕައުންޑް ކަމަށް ނިންމާފައެވެ. އުމުރުން 24 އަހަރުގެ އޮސީމެން ވަނީ މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގެ ތަށި ނަޕޯލީއަށް ހޯދައިދީ، އެ ޓީމަށް 31 ލަނޑު ޖަހައިދީފައެވެ.

ފްރާންސްގެ ލިލް ދޫކޮށް އޮސީމެން ނަޕޯލީއަށް ބަދަލުވީ 2020 ވަނަ އަހަރެވެ. އޭގެ ފަހުން އޭނާ އަންނަނީ އެ ކުލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް ނަޕޯލީއަށް ކުޅެދިން 111 މެޗުގައި އޮސީމެން ވަނީ 65 ލަނޑު ކާމިޔާބުކޮށްދީފައެވެ. ނަޕޯލީއާއެކު އޮސީމެން ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.