ޚަބަރު

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ، މާދަމާ ޤައުމާ މުޚާޠަބު ކުރައްވާނެ


  • ރައސުލްޖުމްހޫރިއްޔާ ޤައުމާ މުޚާތަބު ކުރައްވާނީ ހެނދުނު 10 ޖަހާއިރު

  • ޤައުމާ މުޚާޠަބު ކުރައްވާނީ ރާއްޖޭގެ ޚަބަރު ފަތުރާ ވަޞީލަތްތައް މެދުވެރިކުރައްވައި

  • ދެވަނަ ފަހަރަށް ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ޤާއިމުވެގެންދިޔައީ 11 ނޮވެމްބަރ 1968

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދިވެހި ޤައުމާ މުޚާޠަބު ކުރައްވާނެއެވެ.

އެމަނިކުފާނު ޤައުމާ މުޚާޠަބު ކުރައްވާނީ ރާއްޖޭގެ ޚަބަރު ފަތުރާ ވަޞީލަތްތައް މެދުވެރިކުރައްވައި މާދަމާ ހެނދުނު 10:00 ޖަހާއިރު އެވެ.

ރާއްޖޭގައި ޖުމްހޫރީ ދުވަސް ފާހަގަކުރަމުން އަންނަނީ ރަސްކަމުގެ ނިޒާމަކަށްފަހު ދެވަނަ ފަހަރަށް ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ޤާއިމުވެގެންދިޔަ ތާރީޚުކަމަށްވާ 11 ނޮވެމްބަރ 1968 އަށް ނިސްބަތްކޮށެވެ. ޖުމްހޫރީ ދައުލަތެއްގެ މާނައަކީ ރައްޔިތުންގެ ވެރިކަމެއް ކުރާ ދައުލަތެވެ. ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ހުރިހާ ކަންކަން ނިންމެން ޖެހޭނީ ރައްޔިތުން އެކަމަށް ކަނޑައަޅާ އުޞޫލުތަކުންނެވެ.

މިއަހަރުގެ ޖުމްހޫރީ ދުވަސް މާދަމާ ބައްދަލުކުރާއިރު ރާއްޖޭގެ ޖުމްހޫރީވެރިކަމުގެ 8 ވަނަ ރައީސް މިހާރުމިވަނީ އިންތިޚާބުން ހޮވިވަޑައިގެންފައެވެ. ރާއްޖޭގެ ޖުމްހޫރިވެރިކަމުގެ 8 ވަނަ ރައީސް އަދި ދެވަނަ ޖުމްހޫރިއްޔާގެ 7ވަނަ ރައީސް ޑރ. މުހައްމަދު
މުއިއްޒު ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރުމަހުގެ 17ވަނަ ދުވަހުއެވެ.