ކުޅިވަރު

ސާބާ ޗެމްޕިއަންޝިޕް ފުރަތަމަ މެޗްގައި ރާއްޖެ ލަންކާއާ ދެކޮޅަށް


ފުރަތަމަ ސާބާ ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗްގައި ރާއްޖެ ލަންކާއާ ވާދަކުރަންޖެހިއްޖެއެވެ. ނޭޕާލްގައި މާދަމާ ފަށާ ސާކް ސަރަހައްދުގެ އަންހެން ބާސްކެޓް މުބާރާތް ކަމަށްވާ ސާބާ ޗެމްޕިއަންޝިޕްގައި ރާއްޖެ ލަންކާއާ ވާދަކުރަން ޖެހުނުއިރު މިމެޗަކީ މުބާރާތުގެވެސް ފުރަތަމަ މެޗެވެ. 

ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށްގެން އެންމެ ގިނަ ޕޮއިންޓް ލިބޭ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތައް ކުރިއަށްގެންދާ   މިމުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗްގައި ވާދަކުރާނީ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ނޭޕާލާއެވެ. ފަސް ޤައުމު ވާދަކުރާ މިމުބާރާތުގައި ވާދަކުރާ ޤައުމުތަކަކީ ދިވެހިރާއްޖެ، ނޭޕާލް، ސްރީލަންކާ، ބަންގްލަދޭޝް އަދި ބޫޓާނެވެ.

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުވަނީ އިއްޔައާއި މިއަދުވެސް ނޭޕާލްގައި ފަރިތަކުރުންތަށް ކުރިއަށްގެންގޮސްފައެވެ.

ރާއްޖޭގެ އަންހެން ބާސްކެޓް ޓީމްގައި މިފަހަރު ގިނައިން ހިމެނެނީ 18އަހަރުން ދަށުގެ ކުޅުންތެރިންނެވެ.