ޚަބަރު

ޕޯސްޓުން އެތެރެކުރަން އުޅުނު 2 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހިފަހައްޓައިފި


  • - މީ ތަފާތު 5 ގައުމަކުން އައި ޕާރުސަލްތަކެއް

  • - މި މައްސަލަ ބަލަން ފުލުހުންނާއި ވަނީ ހަވާލުކޮށްފައި

ރާއްޖެއަށް އެތެރެކުރަން އުޅުނު 2 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލާގެންފިއެވެ.

އެ އިދާރާއިން ވިދާޅުވީ މި ތަކެއްޗަކީ މިދިޔަ އޮކްޓޫބަރު މަހާއި ސެޕްޓެމްބަރުމަހު ކުރިއަރ އަދި ޕޯސްޓް މެދުވެރިކޮށް 5 ޕާރުސަލެއްގައި ރައްކާކޮށް ރާއްޖެ އެތެރެކުރަން މަސައްކަތްކޮށްފައިވާ ތަކެތިކަމަށެވެ. އަދި މި ޕާރުސަލްތައް ރާއްޖެ އައިސްފައިވަނީ ތަފާތު 5 ޤައުމަކުން ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.

މީގެ ތެރެއިން 4 ޕާރުސަލްގައި ހުރި މަސްތުވާތަކެތި ބަލާ ތަހުލީލް ކުރުމުން އެތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އަނެއް ޕާރުސަލުގައި ހުރި ތަކެތި މެފެޑްރޯންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިތަކެތި އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ ކޮން ޤައުމަކުން ކަމެއް ކަސްޓަމްސްއިން ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް މައްސަލަ އިތުރަށް ތަހުޤީގުކުރުމަށް ދިވެހި ފުލުހުންގެ އިދާރާއާ ހަވާލުކޮށްފައިވާކަމަށް ކަސްޓަމްސް އިން ވިދާޅުވެއެވެ.