ޚަބަރު

ހުޅުމާލޭގެ ބިންތައް ވިއްކުމުގެ މުޢާމަލާތް މަޑުޖައްސާލަން އޭސީސީން އަންގައިފި


  • އެޗްޑީސީން ފަރުކޮޅުފުށި ކުއްޔަށް ދޫކުރަން އުޅޭކަމަށް ތުހުމަތުކުރޭ

  • އިންތިޚާބީ ރައީސްގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފައިވޭ

  • އެއްވެސް ބިމެއް މި މަރުހަލާގައި ކުއްޔަށް ނުދޭން އެންގި

ހުޅުމާލޭގެ ބިންތަކަކާއި ގުޅޭ ވިޔަފާރީގެ މުޢާމަލާތްތައް އިންތިގާލީ މަރުޙަލާގައި ނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން، ހައުސިންގ ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް އަންގައިފިއެވެ.

އޭސީސީން އެޗްޑީސީއަށް މިހެން އަނގާފައިވަނީ ހުޅުމާލޭގެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތުތަކެއް ކުރަމުންދާ ކަމަށް ބުނެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ފާޅުކުރައްވާފައިވަނިކޮށެވެ. އޭސީސީން އެޗްޑީސީއަށް އަންގާފައިވަނީ ފަރުކޮޅުފުށި ކުއްޔައް ދިނުމާއި ގުޅޭގޮތުން އޭސީސީއަށް ހުށައެޅިފައިވާ މައްސަލައެއް ތަހުގީގު ކުރަމުންދާތީ އެ ކަމާއި ގުޅޭ މުއާމަލާތްތައް މަޑުޖައްސާލުމަށެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިކަމާއި ކަންބޮޑުވުުން ފާޅުކުރައްވާ ނެރުނު ބަޔާނުގައި ވިދާޅުވީ ހުޅުމާލޭގެ ބިންތަކަކީ، ދިވެހި ދައުލަތުގެ ރައުސްމާލުގައި ހިމެނޭ އެންމެ އަގު ބޮޑު 'އެސެޓް ކަމަށެވެ. އެހެންކަމުން މި މަރުޙަލާގައި އަވަސް އަރުވާލައިގެން، އެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުޢާމަލާތްތައް ހިންގުމަކީ އެ އޮފީހުން ކަންބޮޑުވާ ކަމެއްކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވިއެވެ. ވަކީން ޚާއްސަކޮށް، މި މުޢާމަލާތްތަކުގެ ތެރޭގައި، ބޭރުގެ ފަރާތްތަކަށް ބިން "ލީޒް"ކުރުމުގެ މުޢާމަލާތްތަކެއް ހިމެނޭކަމާ މެދު އިތުރަށް ކަންބޮޑުވާކަމަށް އިންހާބީ ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. މީގެ ސަބަބުން އަލަށް ފެށޭ ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ހުރަސްއެޅި، މުޅި ދިވެހި ދައުލަތަށް އެ ކަމުގެ ގެއްލުންލިބުމުގެ ފުރުސަތު އޮންނާނެކަމަށްވެސް އެ އޮފީހުން ވިދާޅުވެފައިވެއެވެ.

އެޗްޑީސީއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށް މިދިޔަ އަހަރުވެސް ހުޅުވާލިއެވެ. އެއީ އަކަފޫޓަކަށް 3،500ރގެ މަގުން 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ ބިންތަކެއެވެ.