ދުނިޔެ

16 ޤައުމެއް ބައިވެރިވާ އަސްކަރީ ތަމްރީނުތަކެއް ފަށަނީ


އިންޑޮނީޝިޔާގެ ކަނޑުގެ ސަރަޙައްދީ ރޮނގުގެ ކައިރީގައި ގިނަ ޤައުމުތަކެއް ގުޅިގެން ބާއްވާ އަސްކަރީ ތަމްރީންތަކެއްގައި ބައިވެރިވުމަށް ޗައިނާގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކެއް އެޤައުމުން ފުރައިފިއެވެ.

ޗައިނާގެ ދިފާޢީ ވުޒާރާއިން ބުނީ މި ތަމްރީންތައް ކުރިޔަށްދާނީ ދެކުނު ޗައިނާ ކަނޑުގެ ފުންހިސާބުތަކުގައި ކަމަށެވެ. މި ތަމްރީންތަކުގައި ޗައިނާގެ އިތުރުން އެމެރިކާއާއި އިންޑޮނީޝިޔާއާއި ރަޝިޔާއާއެކު 16 ޤައުމެއް ބައިވެރިވާނެ ކަމަށްވެސް ޗައިނާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ. މިއީ ކަނޑުމަތީގެ ކާރިސާތަކުގައި މީހުން ސަލާމަތް ކުރުމަށް ޚާއްސަކޮށްގެން ކުރިޔަށްގެންދާ ތަމްރީންތަކެކެވެ.