ޚަބަރު

ބަންދު ދުވަސްތަކުގައި މަސައްކަތްކުރާނަމަ ޙާޒިރީ އެލަވެންސް ލިބޭގޮތް ހަދައިފި


  • ބަންދު ދުވަސްތަކުގައި މީގެ ކުރިން ހާޒިރީ އެލަވެންސް ނުދޭ

  • ނަމަވެސް އައު އިޞްލާހާއެކު ބަންދު ދުވަހުވެސް އެލަވެންސް ލިބޭނެ

  • ރަސްމީ ދަތުރެއްގައި ރަށުންބޭރުގައި ނަމަވެސް އެލަވެންސް ލިބޭނެ

ސިވިލް ސާރވިސް މުވައްޒަފުން ރަސްމީ ބަންދު ދުވަހު މަސައްކަތްކުރާނަމަ، ޙާޒިރީ އެލަވެންސް ލިބޭގޮތަށް ދައުލަތުގެ ޕޭ ފްރޭމްވޯކް އިޞްލާޙުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ޢާންމުކުރި ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކު އިޞްލާހުގައިވަނީ ޙާޒިރީ ޢިނާޔަތަކީ ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފު އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށާއި ރަސްމީ ބަންދު ދުވަސްތަކުގައި ޑިއުޓީ އުސޫލުން އޮފީހަށް ހާޒިރުވ،ެ މަސައްކަތްކުރާ
ކޮންމެ ދުވަހަކަށް ދޭ ޢިނާޔަތެއްކަމަށެވެ. އެގޮތުން އޮފީހަށް ހާޒިރުވުން ކަމުގައި މާނަކުރާނ،ީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފު ފިޒިކަލީ އޮފީހަށް ހާޒިރުވުމާއ،ި މަސައްކަތު ދުވަސްތަކުގެ ތެރެއިން އޮންލައިންކޮށް މަސައްކަތް ކުރަންޖެހޭ ހާލަތްތަކުގައި އެ އިދާރާއެއްގައި ހަމަޖެހިފައިވާ އުސޫލުން ސައިން-އިން ވެގެން ހާޒިރުވުމާއ،ި މަސައްކަތު ދުވަސްތަކުގެ ތެރޭގައި ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރަށް ކުރަންޖެހޭ ރަސްމީ ދަތުރުތަކުގެ ދުވަސްތަކަށްކަމަށް ޕޭ ފްރޭމްވޯކަށް ގެނައި އިޞްލާހުގައިވެއެވެ.

މީގެ އިތުރުން ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ރަސްމީ ބަންދު ދުވަސްތަކާއި، ހުކުރު ދުވަސްތަކުގައި މުވައްޒަފު އިދާރާއަށް ހާޒިރުވ،ެ ޑިއުޓީ އުސޫލުން އިދާރާގެ ރަސްމީ މަސައްކަތު ގަޑީގެ ގޮތުގައި ކަނޑައަޅައިފައިވާ ޖުމުލަ ވަގުތުގެ މަދުވެގެން ދެބައިކުޅައެއްބައި ވަގުތު މަސައްކަތްކުރާ ހާލަތްތަކުގައ،ި ޙާޒިރީ ޢިނާޔަތް ލިބޭނެކަމަށް އިޞްލާހުގައިވެއެވެ. އަދި އޮފީހުގެ ފަރާތުން ރަށްރަށަށާއި ރާއްޖެއިން ބޭރަށް ކުރަން ޖެހޭ ރަސްމީ ދަތުރުތަކުގެ ދުވަސްތަކަށް ވެސް ހާޒިރީ އެލަވަންސް ލިބޭނެކަމަށްވެސް އިޞްލާހުގައިވެއެވެ.

ނަމަވެސް ޙާޒިރީ އެލަވެންސް ދިނުމުގައި އިސްތިސްނާވާނެ ޙާލަތްވެސް މި އިޞްލާހުގައި ބަޔާންކުރެއެވެ. އެގޮތުން ެއްވެސް މުވައްޒަފަކު ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރާ ތާރީޚުން ފެށިގެން ގިނަވެގެން 21 މަސްދުވަހުގެ ތެރޭގައި ވަޒީފާއިން ވަކިވެގެންދާއިރު ޢިނާޔަތް ދޭންޖެހޭނަމ،ަ އެ މުވައްޒަފަކަށް ލިބޭނެ ޢިނާޔަތް އިޚުތިޔާރުކުރުމުގެ ފުރު ޞަތު އޮންނާނެކަމަށް އިޞްލާހުގައިވެއެވެ.