އިންޓަރނޭޝަނަލް ކޯޗިންގ ފެޑެރޭޝަނާއި ވޯލްޑް އޮފް ޓުމޯރޯ ގުޅިގެން، ކުރިއަށް ގެންދާ "ކޯޗިންގ މާސްޓަރ ކްލާސް" ފަށައިފިއެވެ. މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ.
ރާއްޖޭގެ ފަންނީ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ، ކޮންމެ ދާއިރާއަކަށްވެސް ބޭނުންވާ ފުރިހަމަ ތަމްރީންތައް ހިންގުމުގެ ސަޤާފަތެއް އަށަގެންނެވުމުގެ މަޤުޞަދުގައި ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރގެ ތަފާތު ފަންތީގެ ޕްރޮފެޝަނަލުންނަށް ފަރުމާކޮށްފައިވާ މި އިވެންޓަކީ ދުނިޔޭގެ ކޯޗިން ތަރައްގީވަމުން އަންނަ ގޮތްތަކަށް ޚާއްސަކޮށްގެން ބާއްވާ އިވެންޓެކެވެ. މި އިވެންޓުގައި ތަފާތު 11 އިންޑަސްޓްރީއަކުން 100 އަށްވުރެ ގިނަ މީހުންވަނީ ބައިވެރިވެފައެވެ. މި މާސްޓަރ ކުލާސްތައް ކުރިއަށް ދާނީ މިމަހުގެ 23 އިން 25 އަށެވެ.
"ދަ ފިއުޗަރ ލޭންޑްސްކޭޕް އޮފް ކޯޗިން އިން އޯގަނައިޒޭޝަން" ގެ ނަމުގައި ކުރިއަށްދާ މާސްޓަރ ކުލާސް ކޮންފަރެންސްގައި ބައިވެރިންނާއި އެކު މަޝްވަރާކޮށް މައުޟޫއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މާސްޓަރ ކުލާހުން ލިބޭ ތަޖުރިބާގެ އަލީގައި ކުންފުނީގެ މާހައުލުގައި ކޯޗިން ތައާރަފް ކުރުމަށް އަމަލުކުރެވޭނެ ގޮތްތައް މި އިވެންޓުގެ ބައިވެރިންނާއި ހިއްސާކުރާނެއެވެ.
މާސްޓަރ ކުލާސްތައް ޑިޒައިންކޯށްފައިވަނީ، ލީޑަރޝިޕާއި އޯގަނައިޒޭޝަނަލް ޑައިނަމިކްސް އަލުން ކަނޑައެޅުމަށް ތައްޔާރުކުރުމާއި، މާދަމާގެ ލީޑަރުން ބައްޓަން ކުރުމަށް ޢިލްމާއި އައު އީޖާދުތައް އަދި ކުރިއަށް އޮތްތަނުގައި ލީޑަރުންގެ ވިސްނުން އެއްވެގެންދާނެ މުސްތަޤްބަލެއް ބިނާކުރުމަށް ކަމަށް ވޯލްޑް އޮފް ޓުމޯރޯއިން ބުނެއެވެ.
މާދަމާގެ ލީޑަރުން ބައްޓަށް ކުރުމަށް އެންމެ ޒަމާނީ ޢިލްމާއި އައު އީޖާދުތައް ތަޢާރަފްކުރުމަށް ވޯލްޑް އޮފް ޓުމޯރޯގެ އަޒުމް ވަރުގަދަކުރަން މަސައްކަތްކުރަމުންދާކަމަށް ވޯލްޑް އޮފް ޓުމޯރޯއިން ބުނެއެވެ. އެގޮތުން މި އިވެންޓުގައި ކީނޯޓް ސްޕީޗުތަކާއި، ވޯކްޝޮޕްތަކާއި، ނެޓްވޯކިން ފުރުސަތުތަކާއެކު ކެރިއަރ ނުވަތަ ވިޔަފާރި ދެން އޮތް ހަރުފަތައް ގެންދިއުމަށް ސިކުނޑިތައް މިކަމަށް ޝައުގުވެރިކުރުވައި ބާރުވެރިވެފައިވާކަމުގެ އިޙްސާސެއް ބައިވެރިންނަށް ލިބިގެންދާނެ ކަމަށް ވޯލްޑް އޮފް ޓުމޯރޯއިން ބުނެއެވެ.
ވޯލްޑް އޮފް ޓުމޯރޯގެ މަޤްސަދަކީ މާސްޓަރ ކުލާސް ކޮންފަރެންސުން ލިބިގެންދާ ތަޖުރިބާތަކުން މުސްތަޤްބަލުގެ ލީޑަރުން ބައްޓަން ކުރުމެވެ. މި ކޮންފަރެންސްގައި ފިކުރީ ލީޑަރުންނާއި އިންޑަސްޓްރީގެ ތަޖުރިބާކާރުންނަށް އެންމެ ފަހުގެ ޓްރެންޑުތަކާއި ޓެކްނޮލޮޖީތަކާ ބެހޭގޮތުން އެމީހުންގެ ވިސްނުމާއި ޚިޔާލުތައް ހިއްސާކުރެވިގެން ދާނެއެވެ.
"ކޯޗިންގ މާސްޓަރ ކްލާސް"ގެ ފުރަތަމަ ސެޝަން ނަންގަވައިދެއްވަނީ، އައި.ސީ.އެފްގެ ވައިސް ޕްރެޒިޑެންޓް ރޮބަރޓް ގާސިއާ އެވެ. މި ސެޝަން މައުޟޫއަކީ "ދަ ފިއުޗާ ލޭންޑްސްކޭޕް އޮފް ކޯޗިން އިން އޯގަނައިޒޭޝަންސް" އެވެ.