ކުޅިވަރު

މަކީޓާ ނުވަވަނަ އެޓޯލް ޖޫނިއަރ ޗެންޕިއަންޝިޕް ނިމިއްޖެ


މަކިޓަރ 9 ވަނަ އެޓޯލް ޖޫނިއަރ ޗެންޕިއަންޝިޕް އެންމެ މޮޅު ފިރިހެން އެތުލީޓްއަކަށް ޏ.އަތޮޅު މަދަރުސާގެ މުހައްމަދު ޝަނީޒް އަދި އަންހެން އެންމެ މޮޅު އެތުލީޓްއަކަށް ކުލަބް އީގަލްސްގެ އައިޝަތު ޒާރާ އާތިފް ހޮވިއްޖެއެވެ. 

img:http://s3.psmnews.mv/images/660x400/14588535367248.jpg|އަންހެން އެންމެ މޮޅު އެތުލީޓް ކުލަބް އީގަލްސްގެ އައިޝަތު ޒާރާ އާތިފް (ފޮޓޯ:އެތުލެޓިކްސް އެސޯސިއޭޝަން)

ހދ.ކުޅުދުއްފުށީގައި ކުރިއަށްދިޔަ މަކިޓަރ 9 ވަނަ އެޓޯލް ޖޫނިއަރ ޗެންޕިއަންޝިޕްގެ ފިރިހެންބައިން އެންމެ މޮޅު ސްކޫލްއަކަށް އެމްއެސް ހެލްޕިން ހޭންޑް ހޮވިފައިވާއިރު އަންހެން ބައިން އެންމެ މޮޅު ސްކޫލްއަކަށް ހޮވިފައިވަނީ ޖަލާލުއްދީން ސްކޫލްއެވެ.

img:http://s3.psmnews.mv/images/660x400/14588536335109.jpg|އަންހެން އެންމެ މޮޅު ސްކޫލް ޖަލާލުއްދީން ސްކޫލް (ފޮޓޯ:އެތުލެޓިކްސް އެސޯސިއޭޝަން)

13އަހަރުން ދަށުގެ ފިރިހެން ބައިގެ އެންމެ ސްކޫލްއަކަށް ހޮވިފައިވަނީ މަދަރުސަތުލް ޝެޢިޙް މުހައްމަދު ޖަމާލުއްދީން.އެވެ. 13 އަހަރުން ދަށުގެ އަންހެންބައިގެ އެންމެ ސްކޫލްއަކަށް ހޮވިފައިވަނީ ތާޖުއްދީން ސްކޫލްއެވެ.

16 އަހަރުން ދަށުގެ ފިރިހެން ބައިގެ އެންމެ މޮޅު ސްކޫލްއަކަށް ހޮވިފައިވަނީ ޏ.އަތޮޅު މަދަރުސާއެވެ. އަދި މިއުމުރުފުރާގެ އަންހެން ބައިގެ އެންމެ މޮޅު ސްކޫލްއަކަށް ހޮވިފައިވަނީ ޖަލާލުއްދީން ސްކޫލްއެވެ.

img:http://s4.psmnews.mv/images/660x400/14588538095827.jpg|16 އަހަރުން ދަށުގެ އަންހެންބައިގެ އެންމެ މޮޅު ސްކޫލް ޖަލާލުއްދީން ސްކޫލް. (ފޮޓޯ:އެތުލެޓިކްސް އެސޯސިއޭޝަން)

19 އަހަރުން ދަށުގެ އަންހެން ބައިގެ އެންމެ މޮޅު ސްކޫލްއަކީ ޖަލާލުއްދީން ސްކޫލްއެވެ. އަދި ފިރިހެން ބައިގެ އެންމެ މޮޅު ސްކޫލްއަކީ އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީއެވެ.

13 އަަހަރުން ދަށުގެ ފިރިހެން ބައިގެ އެންމެ މޮޅު އެތްލީޓްއަކަށް ހޮވިފައިވަނީ މަދަރުސަތުލް ޝެއިޙް މުހައްމަދު ޖަމާލުއްދީން ސްކޫލްގެ އަހުމަދު ޝިނާޒް މުހައްމަދު އަދި މިއުމުރުފުރާގެ އަންހެން ބައިގެ އެންމެ މޮޅު އެތްލީޓްއަކަށް ހޮވިފައިވަނީ ތާޖުއްދީން ސްކޫލްގެ އައިޝަތު ޝަބާ ސަލީމްއެވެ.

img:http://s1.psmnews.mv/images/660x400/14588537292933.jpg|13 އަހަރުންދަށުގެ އުމުރުފުރާގެ ފިރިހެން ޗެންޕިއަން ސްކޫލް މަދަރުސަތުލް ޝެޢިޙް މުހައްމަދު ޖަމާލުއްދީން. (ފޮޓޯ:އެތުލެޓިކްސް އެސޯސިއޭޝަން)

16 އަަހަރުން ދަށުގެ ފިރިހެން ބައިގެ އެންމެ މޮޅު އެތްލީޓްއަކަށް ހޮވިފައިވަނީ ޏ.އަތޮޅު މަދަރުސާގެ މުހައްމަދު ޝަޒީން ޖިހާދު އަދި މިއުމުރުފުރާގެ އަންހެން ބައިގެ އެންމެ މޮޅު އެތްލީޓްއަކަށް ހޮވިފައިވަނީ ކުލަބް އީގަލްސްގެ އައިޝަތު ޒާރާ އާތިފްއެވެ.

19 އަަހަރުން ދަށުގެ ފިރިހެން ބައިގެ އެންމެ މޮޅު އެތްލީޓްއަކަށް ހޮވިފައިވަނީ ތިނަދޫ ޒުވާންނުން ކުލަބްގެ ސަޢިފުއްލޯ އަހުމަދު އަދި މިއުމުރުފުރާގެ އަންހެން ބައިގެ އެންމެ މޮޅު އެތްލީޓްއަކަށް ހޮވިފައިވަނީ ޖަލާލުއްދީން ސްކޫލްގެ ނަޝްހާ ނިޒާރުއެވެ.

img:http://s1.psmnews.mv/images/660x400/14588539284326.jpg|19 އަހަރުން ދަށުގެ އަންހެންބައިގެ އެންމެ މޮޅު އެތްލީޓް ޖަލާލުއްދީން ސްކޫލްގެ ނަޝްހާ ނިޒާރު. (ފޮޓޯ:އެތުލެޓިކްސް އެސޯސިއޭޝަން)

މިމުބާރާތުގައި 3 ކުލަބާ 11 ސްކޫލަކުން ވާދަކޮށްފައިވާއިރު، މިމުބާރާތް ކުރިއަށްގޮސްފައިވަނީ 3 އުމުރުފުރާއަކަށް ބަހާލައިގެންނެވެ.