ޚަބަރު

"ފިޔަވަތި"އަށް ފިނޭންސް މިނިސްޓްރީގެ ފައިސާގެ އެހީއެއް


ފިނޭންސް މިނިސްޓްރީގެ ފަރާތުން ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "ފިޔަވަތި"އަށް ފައިސާގެ އެހީއެއް ވެދެއްވައިފިއެވެ.އެގޮތުން ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންގެ ފަރާތުން ވަނީ 45،000 ރުފިޔާގެ ފައިސާގެ ހަދިޔާއެއް ފިޔަވަތިއަށް ވެދެއްވާފައެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން މި ފައިސާގެ ރަމްޒީ ޗެކް، ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ހަވާލުކޮށްދެއްވީ ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދެވެ. ފިނޭންސް މިނިސްޓަރ ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "ފިޔަވަތި"އަށް ކުރެއްވި ޒިޔާރަތުގައި ވަނީ ހިޔާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ބައްދަލުކުރައްވާ، ހިޔާގެ މަސައްކަތްތައް ކުރިއަށްދާގޮތާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. އަދި ހިޔާގައި ތިބި ކުޑަކުދިންނާއި ބައްދަލުކޮށް، އެކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ. img:http://s3.psmnews.mv/images/660x400/14588353832425.jpg|ފިނޭންސް މިނިސްޓްރީގެ ފަރާތުން ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް އެހީވެދެއްވުން / ފޮޓޯ: ޕީ.އެސް.އެމް ނިއުސް މި ހަރަކާތާއި ގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޕްރައިވަޓައިޒޭޝަން ބޯޑުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސިރާޖު ވިދާޅުވީ، މިއީ ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ އިސްނެންގެވުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށެވެ. އަދި އެ މިނިސްޓްރީގެ ފަރާތުން ކުޑަކުދިންގެ ހިޔާއަށް މީގެ ކުރިންވެސް މިފަދަ އެހީއެއް ވެދެއްވާފައިވާކަމަށެވެ.ކުޑަކުދިންގެ ހިޔާގެ ފަރާތުން ވާހަކަދައްކަވަމުން އެތަނުގެ ސީ.އީ.އޯ ޒީނާޒް އަދްނާނު ވަނީ ކުޑަކުދިންގެ ހިޔާގައި ތިބޭ ތުއްތުކުދިންނަށާއި، އެތަނުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ސަރުކާރުގެ މުއައްސަސާތަކުންނާއި، ކުންފުނިތައް އަދި ވިޔަފާރިވެރިންނާއި، އަމިއްލަ ފަރުދުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. img:http://s2.psmnews.mv/images/660x400/14588353680923.jpg|ފިނޭންސް މިނިސްޓްރީގެ ފަރާތުން ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް އެހީވެދެއްވުން / ފޮޓޯ: ޕީ.އެސް.އެމް ނިއުސް ފިނޭންސް މިނިސްޓްރީގެ ފަރާތުން މީގެ ކުރިންވެސް ވަނީ މިނިވަން ފަންސާހަށް ބޮކިފަތި ދިއްލުމުގެ މުބާރާތުން އެއްވަނަ އެ މިނިސްޓްރީއަށް ލިބުމާއި ގުޅިގެން ފައިސާގެ އިނާމްގެ ގޮތުގައި ލިބުނު 60،000 ރުފިޔާ، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށާއި، ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާކޮށްފައެވެ.