ކުޅިވަރު

ރާއްޖެ ބަލިކޮށް ޗައިނާ ގްރޫޕްގެ ދެވަނައަށް


ރާއްޖެ ބަލިކޮށް ވަރލްޑްކަޕް ކޮލިފައިންގެ ގްރޫޕް ސީގެ ދެވަނައަށް ޗައިނާ ޖެހިލައިފިއެވެ. މިއަދު ޗައިނާގައި ކުޅުނު މިމެޗުން ރާއްޖެ ބަލިވީ ހަތަރު ލަނޑު ސުންލަނޑުންނެވެ. 

މެޗްގެ ޗައިނާގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ ދެވަނަ މިނެޓްގައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ ނިންގ ޖިއަންގއެވެ. 13ވަނަ މިނެޓްގައި ޗައިނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޒޫ ޔަންގއެވެ. ޗައިނާއިން މެޗްގައި ޖެހި ތިންވަނަ ލަނޑާ ހަތަރުވަނަ ލަނޑު ފެނިގެންދިޔައީ މެޗްގެ އެންމެ ފަހު ހަމިނެޓްގެ ތެރޭގައެވެ. މިދެލަނޑުވެސް ކާމިޔާބުކޮށްދިނީ ޗައިނާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ނިންގ ޖިންގއެވެ. 

މިމޮޅާއެކު ޗައިނާ ދެވަނައަށް ޖެހިލީ ސާދަ ޕޮއިންޓާއެކުއެވެ. ތިންވަނައިގައިވާ ހޮންގކޮންގއަށްވެސް ލިބެނީ ސާދަ ޕޮއިންޓެވެ. ނަމަވެސް ޗައިނާ ދެވަނައިގައި އޮތީ ގޯލްގެ ތަފާތުންނެވެ. 18 ޕޮއިންޓާއެކު މިގްރޫޕްގެ ދެވަނައިގައި އޮތީ ޤަތަރެވެ. ރާއްޖެ ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗްވެސް ކުޅެފައިވަނީ ގަލޮޅު ދަނޑުގެ ވިނަ ގަނޑު ހަލާކުވުމުގެ ސަބަބބުން ޗައިނާގައެވެ. 

ވަރލްޑްކަޕް ކޮލިފައިންގައި ރާއްޖެ މިމަހުގެ 29 ވަނަ ދުވަހު ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ. މިމެޗް ކުޅޭނީ މާލޭގައެވެ.